އެންމެ ބޮޑު ހަރުކަށިކަމަކީ ނަމާދުނުކުރުން-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އެންމެ ބޮޑު ހަރުކަށިކަމަކީ ނަމާދުނުކުރުން-!: މުފްތީ މެންކް

"އެންމެ ބޮޑު ހަރުކަށިކަމަކީ ނަމާދުނުކުރުމެވެ. އެހެނީ ފ ތަޢާލާ އެންމެ ގަދައަށް އަމުރުފުޅުކުރައްވަވާފައިވަނީ ނަމާދުކުރުމަށެވެ. ވީމާ ނަމާދު ނުކުރުމަށްވުރެ ހަރުކަށިކަންބޮޑު އެއްވެސް ކަމެއް ނެތެވެ." 

- މުފްތީ މެންކް

"ޤިޔާމަތް ދުވަހުގައި ﷲގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި އެމީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާ މީހާއަށް ޢަރްޝީގެ ހިޔާވަހިކަން ލިބޭނެ ކަމަށް ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވޭ."

- ޑރ. އިޔާޟް 

"އެންމެ ހެޔޮޢަމަލަކީ ކޮބައިތޯ ރަސޫލާ ﷺ އާއި ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ޙަދީޘް ކުރެއްވީ "ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި ކުރުން" ކަމަށް."

- ޑރ. އިޔާޟް 

"ހަރުކަށި ކަމަކީ އިސްލާމީ ދަޢުވަތާ ވަރަށް ބީރައްޓެހި ކަމެކެވެ. ދަޢުވަތުގެ މަތިވެރި ދިދަ އުފުލާ މީހަކީ، ޢަދުލުވެރި، އިންޞާފުވެރި، ހިތްހެޔޮ، ބަސްމަގު ރީތި، މަޑުމައިތިރި، އެހީތެރި މީހަކަށް ވާން ޖެހެއެވެ. މި ހުރިހާ ސިފަތަކެއްގެ އެންމެ ފުރިހަމަ ނަމޫނާއަކީ ކީރިތި ރަސޫލާ އެވެ."

- ޝައިޚް ޙަސަން ލަޠީފް

މިއަދު އޮންލައިން