ވިއްސާރަ ދުނިންވެސް ފެންނާނީ 7 ކުލައެކެވެ. ވިއްސާރަދުނީގެ 7 ކުލަފަދައިން ކައިވެންޏަށްފަހު 7 ކަމެއް ދަމަހައްޓައި އެކަންކަން 2 ހިތް ހިއްޞާކުރާނަމަ އުފާވެރިކަން ނޫން ކަމެއް ނުލިބޭނެ އެވެ.
އެއީ 1 އިޙްޞާޞްތައް 2 ލޯބި 3 ހިތާމަ އާ އުފާވެރިކަން 4 ތެދުވެރިކަން 5 ސިއްރުތައް 6 އިތުބާރާ ޔަޤީންކަން 7 އަމާޒަކީ އެކުގައި ސުވަރުގެ ދިއުންކަމަށް ހެދުން މި 7 ކަންތަކެވެ.
ވިއްސާރަދުނީގެ ކުލަތައް ކިތަންމެ ރީތި ނަމަވެސް ގެއްލިގެންދެއެވެ. އެއީ ހަމަ ކުލަތައް ފަނޑުވާތީއެވެ. ވީމާ ދެމަފިރިން އެކުގައި ދިރިއުޅުމުގައި މިބުނި ކަންކަން ފުރިހަމަ ނުކޮށް ފަރުވާ ކުޑަކުރާނަމަ ނުވަތަ އިހްމާލްވާނަމަ ދިރިއުޅުމުގެ ފޮނިމީރުކަން ދާދިއަވަހަށް ފަނޑުވަމުން ގޮސް ގެއްލިގެން ހިނގައިދާނެއެވެ.
މި 7 ކަމުން ކުރެ ކަމެއް ފަނޑުވިއަ ނުދީ ހިފަހައްޓާނަމަ ދެމަފިރިން އަބަދުވެސް ތިބޭނީ އުފަލުން ފޮޅިފައެވެ. އިން ޝާ ﷲ
މިނޫން ގޮތަކަށް މިކަން އިޙްޞާޞް ކުރެވިފައިވާ ހަމައެކަކު ހުރި ނަމަވެސް ނިކަން އެކަމެއް ޙިއްޞާކޮށްލައިބަލާށެވެ!