އިބިލީސްވެސް ނަމާދަށް ނުދާކަށް ނުބުނާނެ! ދައްކާނީ މަސްޣޫލްވާނެ އެމީހަކު ޝައުޤުވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އިބިލީސްވެސް ނަމާދަށް ނުދާކަށް ނުބުނާނެ! ދައްކާނީ މަސްޣޫލްވާނެ އެމީހަކު ޝައުޤުވެރިވާނެ ކަމެއް!

ނަމާދަށް ފަރުވާކުޑަކުރާ މީހުންނާ ސުވާލުކުރުމުން އެނގެނީ އެމީހުން ނަމާދުނުކުރަނީ ނުކުރަން ބޭނުންވެގެން ނޫންކަމެވެ. ގިނަ މީހުން ބުނަނީ އެމީހުން ނަމާދަށްދާން އުޅޭއިރަށް ޝައުޤުވެރިވާ ނުވަތަ ކުރަންޖެހޭ އެހެން ކަމެއް ވިސްނުމުން އެކަމެއްގައި އުޅެން ހަދައިގެން ނަމާދަށް ނުދެވެނީ ކަމެވެ. 

މިހާރު ދޭ ތަޤްރީރުތަކާއި ދޭ ފިލާވަޅުތަކުގައިވެސް ނަމާދަށް ނުދާކަށް ނުބުނެއެވެ. ދައްކާނީ ވަގުތު ދެމިގެންވާ ކަމާއި ކޮންމެ ވަގުތަކުވެސް ނަމާދުކޮށްލެވިދާނެ ވާހަކަތަކެވެ. މިސްކިތައް ދިއުމުން ހަރުކަށި ފިކުރުގެ މީހުންނާއި ބައްދަލުވާނެ ވާހަކަ އާއި އެމީހުން ޒުވާނުންގެ ސިކުނޑިދޮވެލައި ވިސްނުން ބަދަލުކޮށްލާނެ ވާހަކައެވެ. މިސްކިތަށް ދާން ހިތުގައި ބިރުވެރިކަން އުފެދޭނެ ވާހަކަތަކެވެ! 

މީސްތަކުންގެ، ޚާއްޞަކޮށް ޒުވާނުންގެ ހިތުގައި ނަމާދުކުރުމަށާއި މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ދިއުމަށްވުރެ ނުބައި އަމަލެއް ނުވާކަމަށް ދީނީ ޢިލްމްވެރިން ބަޔާންކުރައްވައެވެ. އެކަން ތިރީގައިވާ މިއަދުނޫހުގައި އިއްޔެ ޝާއިޢުކޮށްފައިވާ ލިޔުމުންވެސް އެނގިގެންދެއެވެ.  

 

އެންމެ ބޮޑު ހަރުކަށިކަމަކީ ނަމާދުނުކުރުން-!: މުފްތީ މެންކް 

ޢަބްދުއްލަޠީފް 

"އެންމެ ބޮޑު ހަރުކަށިކަމަކީ ނަމާދުނުކުރުމެވެ. އެހެނީ ފ ތަޢާލާ އެންމެ ގަދައަށް އަމުރުފުޅުކުރައްވަވާފައިވަނީ ނަމާދުކުރުމަށެވެ. ވީމާ ނަމާދު ނުކުރުމަށްވުރެ ހަރުކަށިކަންބޮޑު އެއްވެސް ކަމެއް ނެތެވެ."

- މުފްތީ މެންކް 

"ޤިޔާމަތް ދުވަހުގައި ﷲގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި އެމީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާ މީހާއަށް ޢަރްޝީގެ ހިޔާވަހިކަން ލިބޭނެ ކަމަށް ރަސޫލާ ޙަދީޘް ކުރައްވާފައިވޭ."

- ޑރ. އިޔާޟް 

"އެންމެ ހެޔޮޢަމަލަކީ ކޮބައިތޯ ރަސޫލާ އާއި ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ޙަދީޘް ކުރެއްވީ "ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި ކުރުން" ކަމަށް."

- ޑރ. އިޔާޟް 

"ހަރުކަށި ކަމަކީ އިސްލާމީ ދަޢުވަތާ ވަރަށް ބީރައްޓެހި ކަމެކެވެ. ދަޢުވަތުގެ މަތިވެރި ދިދަ އުފުލާ މީހަކީ، ޢަދުލުވެރި، އިންޞާފުވެރި، ހިތްހެޔޮ، ބަސްމަގު ރީތި، މަޑުމައިތިރި، އެހީތެރި މީހަކަށް ވާން ޖެހެއެވެ. މި ހުރިހާ ސިފަތަކެއްގެ އެންމެ ފުރިހަމަ ނަމޫނާއަކީ ކީރިތި ރަސޫލާ އެވެ."

- ޝައިޚް ޙަސަން ލަޠީފް

 

 

 

މިއަދު އޮންލައިން