ތިބާގެ ފަރާތުގައި ﷲ ވޮޑިގެންވާކަން ތިބާއަށް ފެންނަން ފަށަން ބޭނުންހެއްޔެވެ؟ އަވަހަށް މި ޙަދީޘްފުޅަށް ޢަމަލުކުރަން ފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތިބާގެ ފަރާތުގައި ﷲ ވޮޑިގެންވާކަން ތިބާއަށް ފެންނަން ފަށަން ބޭނުންހެއްޔެވެ؟ އަވަހަށް މި ޙަދީޘްފުޅަށް ޢަމަލުކުރަން ފަށާށެވެ!

ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދި ދެންނެވުމަށްފަހު އެކަމެއް ހިންމަވައިދެއްވެވުން ލަސްވާނަމަ، ދަތި ، ހިތާމަވެރި، ހިތްދަތި ޙާލުގައި އުޅެންޖެހިއްޖެނަމަ ﷲ ތަޢާލާ އާއިމެދު މާޔޫސްވެވެއެވެ. އެފަދަ މީހުން ބަލައިލަންވީ މިޙަދީޘްފުޅަށް ތިމާއަށް ޢަމަލުކުރެވޭ މިންވަރަކަށެވެ. 

ރަސޫލް () ޢަބްދުﷲ ބިން ޢައްބާސް އަށް ޙަދިޘްފުޅު ކުރެއްވެވިއެވެ. 

"ޒުވާނާއެވެ. ބަސްފުޅެއް ދަސްފުޅުކޮށްދެއްވާހުށީމެވެ. "ﷲ ގެ މަތިން ހަނދުމަކުރުންމަތީގައި ދެމިހުންނަވާށެވެ! ތިބާގެ ކަންކަމަށް ﷲ ބައްލަވައިވޮޑިގަންނަވާނެތެވެ. (ތިބާގެ ކަންކަން ބަލަހައްޓަވާނެތެވެ.) ﷲ ގެ މަތިން ހަނދުމަކުރުންމަތީގައި ދެމިހުންނަވާށެވެ! ތިބާގެ ފަރާތުގައި ﷲ ވޮޑިގެންވާކަން ތިބާއަށް ފެންނާނެތެވެ. ކަމަކަށް ދަންނަވަން ވެއްޖެނަމަ ﷲ އަށް ދަންނަވާށެވެ. އެހީއަކަށް ބޭނުނވި ނަމަވެސް ﷲ ގެ ޙަޟްރަތުން އެދޭށެވެ. 

މުޅި ދުނިޔެ އެކުގައި ތިބާއަށް އެހީތެރިވާން މަސައްކަތްކުރި ނަމަވެސް ﷲ ލިޔުއްވަވާފައިވާ ކަމެއް ކޮށެއް ނުދެވޭނެއެވެ. މުޅި ދުނިޔެ އެކުގައި ތިބާއަށް ގެއްލުމެއް ދޭން މަސައްކަތްކުރި ނަމަވެސް ﷲ ލިޔުއްވަވާފައިނުވާ ގެއްލުމެއް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. ޞަފްޙާތައް ހިކިއްޖެއެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން