ކަމެއް ޙާޞިލްކުރެވުމުން އެއީ މިވެނި މީހަކުގެ ސަބަބުން ޙާޞިލްކުރެވުނު ކަމެއްކަމަށް ޤަބޫލުކުރުން- ޝިރުކުގެ ނުބައި ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކަމެއް ޙާޞިލްކުރެވުމުން އެއީ މިވެނި މީހަކުގެ ސަބަބުން ޙާޞިލްކުރެވުނު ކަމެއްކަމަށް ޤަބޫލުކުރުން- ޝިރުކުގެ ނުބައި ޢަމަލެއް!

މީހަކު މެދުވެރިވެގެން ކަމެއް ޙާޞިލުކުރެވުނު ނަމަވެސް އެކަން ޙާޞިލްކުރެވުނީ އޭނާގެ ސަބަބުން ކަމަށް ޤަބޫލުނުކުރާށެވެ. އެއިރުން އެކަންވާނީ ޝިރުކަކަށެވެ. ހަމައެފަދައިން ތިމާއަށް އަމިއްލައަށް ނުކުރެވޭވަރުގެ ބޮޑުކަމެއް މީހަކު އެހީތެރިވެދީގެން ޙާޞިލްކުރެވުމުން އޭނާ މެދުވެރިނުވިނަމަ އެކަން ޙާޞިލްނުކުރެވޭނެ ކަމަށްވެސް ނުބުނާށެވެ. 

ކޮންމެ ކަމެއްވެސް ޙާޞިލްކުރެވޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވެވުމުންނެވެ. މީހަކަށް އަނެކާއަށް ކޮށްދެވޭ ކަންކަން ކޮށްއެދެވެނީ އެމީހަކު މެދުވެރިވެގެން އެކަމެއް މިންވަރުކުރެއްވެވުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާތީއެވެ. ﷲ ތަޢާލާގެ މިންވަރުފުޅާއި ނުލާ ކިތަންމެ ކުޑަކަމެއްވެސް ނުކުރެވޭނެއެވެ. އަނެކާއަށްޓަކައި ކޮށްވެސް ނުދެވޭނެއެވެ.  

ވީމާ ދުލުން ބަސްތައް ބުނާއިއރު މިކަންކަމަށް ވިސްނައިގެން ބަސްބުނާށެވެ! ނޫންނަމަ އެކުރެވެނީ ޝިރުކުގެ ނުބައި ޢަމަލަކަށްވެދާނެއެވެ. ވީމާ ބުނާށެވެ! މިވެނި މީހަކު ތިމާއަށް ވަރަށް ބޮޑަށް އެހީތެރިވިއެވެ. އެއަށްވުރެ މައްޗަށް އެބަސްނުގެންދާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/204682/if-he-says-of-something-that-his-friend-did-you-made-it-happen-is-that-regarded-as-shirk

 

 

މިއަދު އޮންލައިން