ލިޔުމުގައިވާ ވީޑިއޯ އަޑުއައްސަވައިލައްވާށެވެ. 2 ކަމެއް ފާހަކަކުރެއްވޭނެއެވެ.
ފުރަތަމަ ކަމަކީ ގަހެއްގެ ދޮށުގައި އަވަހާރަފުޅަށް އޮންނަވަނިކޮށް އެއީ އަމީރުލްމުއްމިނީންކަން ނުއެނގޭ އަނހެނަކު އައިސް ކޮއްޓައި ހޭފުޅުލައްވުވާފައި ޝަކުވާއެއް ކުރުމުން އެކަން ވަގުތުން ބައްލަވައި ޙައްލުކޮށްދެއްވެވި ކަމެވެ. ސުވާލުކުރަންޖެހޭ ފަރާތް ވަގުތުން ޙާޒިރުކުރައްވަވައި މައްސަލަ ބައްލަވައި އަޅުއްވަވަން ޖެހިވަޑައިގަންނަވާ ފިޔަވަޅު އެލުއްވެވި ކަމެވެ.
ދެވަނަ ކަމަކަށް ފާހަގަކުރެވޭނީ އަނބިމީހާ ވިހަންވެގެން ބަނޑުގައި ރިއްސާތީ ކަންބޮޑުވެ މަގުމަތީގައި ހުރި މީހަކާއި ބައްދަލުވެވަޑައިގަތުމުން ފޭލިގެއަށް ވަދެވަޑައިގެން އެކަނބުލޭގެއަށް އެހީތެރިކަން ފޯރުކޮށްދެއްވެވި ކަމެވެ. އަދި އޭނާއަށް ކެވޭނެ ގޮތްވެސް ހަަމޖައްސަވައި ދެއްވެވިކަމެވެ.
މިއަދު މުސްލިމުންނަށް ދިމާވެގެން މިއުޅޭ އެންމެ ބޮޑު އެއް މައްސލައަކީ ވެރިކަން ލިބުމުން ރައްޔިތުންނަށް ފިލާކަމެވެ. ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ އަޑު ނުއަހާކަމެވެ. ނޫސްވެރިންނާއި ބައްދަލުކުރިނަމަވެސް ކުރެވޭނެ ސުވާލުގެ އަދަދު ކަނޑައަޅައި ކަމެއް ސާފުކުރަންޖެހޭ މިންވަރަށް އޮޅުންފިލުވައި ނުދޭކަމެވެ. ވީމާ މިބާވަތުގެ މުހިންމު ކަންކަމުން މިއަދުގެވެރިން ޢިބްރަތް ޙާޞިލުކުރުން މުހިންމު ކަމުގައި ގިނަ ބައަކު ދެކެއެވެ.
ގުޅުންހުރި ވީޑިއޯ: