ފުރާނައަށް ﷲ ދެއްވަވާނެ އެންމެ އުފާވެރި ޚަބަރު- ތިބާއަށް ލިބޭނެތަ؟ ލިބިގަންނަން އެބަ މަސައްކަތްކުރަންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ފުރާނައަށް ﷲ ދެއްވަވާނެ އެންމެ އުފާވެރި ޚަބަރު- ތިބާއަށް ލިބޭނެތަ؟ ލިބިގަންނަން އެބަ މަސައްކަތްކުރަންތަ؟

ކޮންމެ މީހަކު މަރުވުމުންވެސް އެމީހެއްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވެއެވެ. މަރުގެ މަލާއިކަތުން ސުވަރުގެ ލިބުން ޙައްޤު މުއްމިންތަކުންގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވުމުން ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ! 

"އޭ ހިތްހަމަޖެހިގެންވާ ފުރާނައާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލް، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ!" (އަލްފަޖްރް: 27-30) 

މިފަދަ ނަޞީބަކަށް އެދޭ މީހާއަށް އޮތީ އެކަމަށް އެދި ގަދައަޅައި އެކަން ޙާޞިލުކުރަން މަސައްކަތްކުރުމެވެ. ފުރުޞަތަކީ ޢާންމުކޮށް ހުރިހާ މުސްލިމުންނަށް ހުޅުވިގެންވާ ފުރުޞަތެކެވެ. އަދި ކޮންމެ މީހަކަށްވެސް ހުޅުވާލެވިގެންވާ ފުރުޞަތެކެވެ. ކާފިރުންނަށްވެސް އެބައޮތެވެ. ނަމަބވެސް އިސްލާމްކަށްވުމަށްފަހުގައެވެ. ފުރުޞަތުގެ ބޭނުން ކުރުމާއި ނުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.    

ދުޢާއަކީ އެންމެހައި މުސްލިމުން ކުރާ ހެޔޮ އަމަލުތައް ޤަބޫލުފުޅުކުރައްވަވައި މި މަތިވެރި ނަޞީބު މިންވަރުފުޅުކޮށްދެއްވެވުމެވެ! އާމީން

 

މިއަދު އޮންލައިން