ދުނިޔެއަށް އާދެވިފައިމިވާ ޒަމާނާމެދު މާޔޫސްނުވެ ލިބެން އޮތް ފައިދާއަށް ބަލާށެވެ! ސާބިތުވެ ލެވިއްޖެނަމަ ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ދުނިޔެއަށް އާދެވިފައިމިވާ ޒަމާނާމެދު މާޔޫސްނުވެ ލިބެން އޮތް ފައިދާއަށް ބަލާށެވެ! ސާބިތުވެ ލެވިއްޖެނަމަ ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ!

ފުރުޞަތުގެ ބޭނުންހިފަންއެނގި، އަދި ކެރިއްޖެ މީހަކަށް މިއީ ސުވަރުގެހޯދަން އެންމެ ފަސޭހަވެގެންދާނެ ދުވަސްވަރެވެ! ނިކަން މިގޮތަށް ވިސްނައިލަބަލާށެވެ. ރަސޫލާ ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެންމެ އިތުރުކަންބޮޑުވެގެންވަނީ ރަސޫލާ ދުނިޔޭގައި އުޅުއްވެވި ޒަމާނެވެ. މީސްތަކުންގެ ތެރެތެތެރެއިން ޞަހާބީންނަށާއި އަންޞާރީ ބޭކަލުންގެ ދަރަޖަތައް އެތައް ގުނައަކަށް އުފުލިގެނަދާކަން ވެސް ހަމަ އެބަ އެނގެއެވެ. 

ދެން ބަލައިލަންވީ އެއިރު ދުނިޔޭގައި އުޅުއްވެވި އެފަދަ ދަރަޖަ މަތިވެރި 50 ޞަޙާބީންގެ ދަރަޖަ މިއަދު ދުނިޔޭގައި އުޅޭ އެންމެ މީހަކަށް ހޯދެން އެބައޮތް ކަމާއިމެދުގައެވެ. 

ފަހުޒަމާނުގައި އިސްލާމް ދީނުގައި ސާބިތުވެއްޖެ މީހަކަށް 50 ޞަހާބީންގެ ދަރަޖަ ލިބޭނެކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ މިދުވަސް އަންނާނެތީއެވެ. ކުރިއަށް އޮތްތަނުގައި މުޞިބާތްތައް ދާނީ ވެސް އިތުރުވަމުންނެވެ. އިސްލާމް ދީނުން ބޭރުކުރަން ކުރާ މަސައްކަތް އިންތިހާއަށް އިތުރުވަމުން އަންނާތީއެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވާށެވެ! ސަލާމަތްކަން ލިބެން އޮތީ އެގޮތުގައެވެ.   

އިސްލާމް ދީނުގައި ސާބިތުވެ ހިފެހެއްޓުމަކީ އަނގުރު އަލިފާނުގައި ހިފެހެއްޓުން ނުވަތަ އަނގުރު އަލިފާންގަނޑެއް އަތްމައްޗަށް ލައިގެން އުޅެންޖެހުން ފަދަ ކަމަކަށް ވާނެ ދުވަސް އަންނާނެ ކަމަށް ރަސޫލް () ޙަދިޘްފުޅު ކުރެއްވެވި ދުވަސް މިއަދު މިވަނީ މުސްލިމުންނާއި ބައްދަލުކޮށްފައެވެ. 

Prophet Mohammad () said,

"There will come a time when holding on to your religion will be like holding burning coal."

Sunan At-Tirmidhi 2260 

އިސްލާމް ދީނުގައި ސާބިތުކަމާއިއެކު ހިފަހައްޓަން މަސައްކަތްކުރާ މުސްލިމުންނަށް ތަފާތު ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. ސިޔާސީ ގޮތުންނާއި އިޤްޠިޞާދީ ގޮތުން ވެސް ފިއްތުންތައް ގެންދަނީ ކުރިމަތިކުރުވަމުންނެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ޖަމާއަތްތަކުން ގެންދަނީ ތަފާތު މައްސަލަތައް ކުރިމަތިކުރުވަމުންނެވެ. 

މީގެ އިތުރުން އިސްލާމީ މުޖުތަމައުތައް ކަމަށް ބުނާ ބައެއް މުޖުތަމައުތަކުންވެސް ގެންދަނީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިކުރުވަމުންނެވެ. މައްސލަތައް ކުރިމަތި ނުވަނީ ކޮން ދިމާއަކުންކަންވެސް ބުނަން ނުއެނގޭ މިންވަރަށް މައްސަލަތައް މިވަނީ ގިނަވެފައެވެ. 

މީސްތަކުންނޭވެ! ކުރިމަތިވާ މައްސަލަތަކަށް ނުބަލާށެވެ! ކެތްތެރިވާށެވެ! އިސްލާމް ދީނުގައި އެންމެ ފުރިހަމަ ގޮތުގައި ސާބިތުވާށެވެ! މިޒަމާނެވެ ކިޔައިގެން ދައްކާ ވާހަކަތކުގެ އަޑު ނުއަހާށެވެ! ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ ވަކި ޒަމާނަކަށް ނޫނެވެ. އެ އާޔަތެއް ބާވައިލެއްވެވި ދުވަހުން ފެށިގެން ދުނިޔެ ނިމެންދެން އެ އާޔަތަކަށް ޢަމަލުކުރުމަށެވެ. 

މުސްލިމުންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުވުމެވެ. އެމީހުން ބޭނުންވާ ބައަކަށް އަމަލު ނުކޮށް ދޫކޮށްލާފައި އެމީހަކު އަމަލުކުރަން ބޭނުންވާ ބައަކަށް އަމަލުކރުމަކީ އިސްލާމް ދީނުގައި އޮތް ގޮތެއް ނޫނެވެ. އިސްލާމް ދީނުގައި ފުރިހަމައަށް ސާބިތުވެއްޖެ މީހަކަށް ނޫނީ މިދުނިޔެވެސް އަދި އާޚިރަތެއްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން