މިއަދަކީވެސް ހުކުރު ދުވަހެކެވެ. ހުކުރުދުވަހުގައި އެވަޤުތެއްގައި ދުޢާކުރެވިއްޖެނަމަ ވަގުތުން ޢިޖާބަކުރައްވަވާނެ ވަގުތެއް ވެއެވެ. ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެވަގުތުކޮޅު ހިމެނިގެންވަނީ ހުކުރު ދުވަހުގެ ޢަޞްރު ނަމާދުން ފެށިގެން އިރުއޮއްސުމާއި ދެމެދުގައި ކަމަށެވެ.
އަރެމެންނަށް އޮތީ އެވަގުތުކޮޅު ހޯދަން މަސައްކަތްކުރުމެވެ. އެވަގުތުކޮޅުގައި ދުޢާކުރެވޭތޯ މަސައްކަތްކުރުމެވެ. ކާމިޔާބީއަކީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހުންގެ ޙައްޤެވެ. އިން ޝާ ﷲ
ދުޢާކުރަން ކޮންމެހެން ވަކިތަނެއްގައި އިންނާކަށް ނުވަތަ ހުންނާކަށްވެސް ނުޖެހެއެވެ. އެމީހަކު ހުރި ކޮންމެތަނެއްގައި ހުރެގެންވެސް ދުޢާކުރެވޭނެއެވެ. މަސައްކަތްކުރަންވީ ހުކުރު ދުވަހު ވީހާގިނައިން ދުޢާކުރަން މަސައްކަތްކުރުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން