ނަރަކައިގަ ގިނަވާނީ އަންހެނުންނެވެ! އެހެނަސް ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ފިރިހެނުން ވަރަށް ގިނަވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ނަރަކައިގަ ގިނަވާނީ އަންހެނުންނެވެ! އެހެނަސް ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ފިރިހެނުން ވަރަށް ގިނަވާނެއެވެ!

ނަރަކައިގައި ގިނަވާނީ އަންހެނުންކަން ޙަދީޘްފުޅުން އެނގެން އޮތުމުން އެއީ ތިމާ އުޅެންބޭނުންހައި ގޮތަކަށް އުޅެން ހުއްދަލިބޭ ކަމެއްކަމަށް ދެކޭ ފިރިންވެސް އެބައުޅެއެވެ. އަނބިން ދެރަކޮށްލަން ބޭނުންވީމާ ކަލޭމެން އަންހެނުން ދުވަހަކުވެސް ރަނގަޅެއް ނުވާނެއޭ ، ނަރަކައިގަ ގިނަވާނީވެސް އަންހެނުންނޭ ބުނާ މީހުންވެސް އުޅެއެވެ.  

މިހެން ބުނާ މީހުންގެ ޖާހިލުކަން ހުންނަވަރަކީ އަނބިމީހާ އާއި ދިމާއަށް މިފަދަ ބަސްތައް ބުނާއިރު އަނބިމީހާ ދެކެ ރުޅިއައިސް އެއްޗެތި މިގޮވަނީ ހިލޭއަންހެނަކާ މޮޔަވެގެންނެވެ. ބައެއް ފަހަރު އިތުރު، 2،3 އަންހެނުންނާއި މޮޔަވެގެންހުރެއެވެ.  

ކޮންމެއަކަސް ނަރަކައިގައި އަންހެނުންގެ ޢަދަދު ގިނަވުމަކީ ހުރިހާ ފިރިހެނުންނަށް ސުވަރުގެ ވަދެވޭ ސަބަބެއްވެސް ނޫނެވެ. އަޅެ ނިކަން މިޙަދީޘްފުޅު ކިޔައިލަބަލާށެވެ!  

Prophet Muhammad () said, "Any man whom Allah has given the authority of ruling some people and he does not look after them in an honest manner, will never feel even the smell of Paradise." Sahih al-Bukhari 7150 

އެކުލެވިގެންވާ މާނައީ: "ބައެއްގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު މީހަކަށް ލިބުމުން ތެދުވެރިކަމާއިއެކު އެބައެއްގެ ކަންކަން ނުބަލަހައްޓައިފި މީހަކު ސުވަރުގޭގެ ވަސްވެސް ނުދެކޭނެތެވެ." 

ކައިވެނި ކުރެވުމާއިއެކު ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުގެ ތެރެއިން އަނބިމީހާގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު ފިރިމީހާއަށް ލިބިގެންދެއެވެ! ދުވަސްކޮޅެއްފަހުން ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް ދަރިންވެސް ދެއްވަވައެވެ. އެހިސާބުން ދަރިންނާއި އަނބިމީހާގެ މައްޗަށް ވެރިކަން ހިންގަން އެބަ ބާރުލިބެއެވެ.  

ﷲ ތަޢާލާ މިހައިވަރަށް ބާރުވެރިކުރެއްވެވުމުން އެއްބައަކަށް ކަންތައް މިކުރެވޭގޮތަކީ ޒިންމާއިން ރެކެންވެގެން އަމނބިމީހާ ވަރިކޮށްލާފައި ދަރިންކޮޅުވެސް އަނބިމީހާގެ ބޮލަށްޖަހާފައި ފިލަނީއެވެ. ވީއިރު ދެން ނިކަން ބުނެބަލާށެވެ! ސުވަރުގޭގެ ވަސްލިބޭ ހިސާބަށް ކައިރިވެވިދާނެ ހެއްޔެވެ؟  

މިޙަދީޘްފުޅުން ޤައުމުތަކުގެ ވެރިންނަށް އޮތްބައިގެ މައްޗަށް ފަހުން ރެއަކު ވާހަކަދައްކާނަމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން