ﷲ ތާޢާލާގެ ވަޙީބަސްފުޅުގައި އޮތީ ރިބާ އާއި ދުރުހެލިވުމަށެވެ. އަދި ރިބާއާ ދުރުހެލިވާން ބޭނުން ނޫންނަމަ ﷲ އާއި އެކަލާނގެ ރަސޫލާ (ﷺ) އާއި ހަނގުރާމަކުރަން ތައްޔާރުވާށެވެ! ރިބާ އަކީ އެހައިވެސް ނުރައްކައުތެރިކަންބޮޑު ކަމެކެވެ.
ރިބާގެ މުޢާމަލާތްކުރުމުން ވަގުތުން ވަގުތައް ﷲ ތަޢާލާގެ ކޯފާއެއް ކުރިމަތިނުވާތީ ބިރުވެތި ނުވެވުނުނަމަވެސް އެއީ ވަރަށް ބިރުހުރި ކަމެކެވެ. އެހެން އެއްވެސް ފާފައަކަށް އެފަދަ ވަރުގަދަ ވަޢީދުގެ ބަސްފުޅެއް އައިސްފައެއް ނުވެއެވެ.
މީހަކަށް ކަމެއް ދިމާވެގެން މަޖުބޫރުވެ ދެން އެހެންގޮތެއް ނެތިއްޖެ ޙާލަތުގައި އެމަޖުބޫރުކަން ފިލާވަރަށް ލޯނެއް ނަގަން ޢިލްމުވެރިން ހުއްދަކުރައްވައިފާނެއެވެ. އެޙާލަތުގައިވެސް ލޯނު ނަގަން ޖެހޭނީ ކިރިޔާ ފުދޭވަރަށެވެ. އެއިން މަންފާ ހޯދައިގެންނުވާނެއެވެ. ޙަޤީޤަތަކީ އިންތަރެސްޓް ހިމެނޭ ލޯނެއް ނަގައިގެން ނުވާނެ ކަމެވެ.
ގުޅުންހުރި ވީޑިއޯ: