ﷲގެ ޙަޟްރަތުގަ ދަރަޖަ އުފުލިގެންވާ މީހަކަށްވާން އެދޭމީހާގެ ކިބައިގައި ހުންނަންޖެހޭނެ ބައެއް ސިފަތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ﷲގެ ޙަޟްރަތުގަ ދަރަޖަ އުފުލިގެންވާ މީހަކަށްވާން އެދޭމީހާގެ ކިބައިގައި ހުންނަންޖެހޭނެ ބައެއް ސިފަތައް-

ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު ކަމަކަށްވާނީ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންވުމެވެ. އެހެންކަމަށްވާއިރު މިކަންކަމަށް ސަމާލުކަންދޭށެވެ!

މީހަކަށް ކުރެވޭނެ އެންމެ ރަނގަޅު އެއްކަމަކީ އެހެން މީހަކު ތިމާއަށް ކަންކަން ކުރާގޮތަށްވުރެ ރަނގަޅަށް އެމީހަކަށް ކަންކަން ކުރުމެވެ. ވީމާ ތިބާއަށް އޯގާތެރި ނޫން މީހުންނަށްވެސް އޯގާތެރިވާށެވެ!

އަދި މާފުކުރުމުގައި އިސްނަގާ މީހަކަށްވާށެވެ! ކުށްކުރީ އަނެކާ ނަމަވެސް އޭނާ މާފަށް އެދެންދެން މަޑުނުކޮށް އިސްވެ މާފުކުރާ މީހަކަށްވާށެވެ! އަދި ތިބާއަށް ގެއްލުންދީ ކޮއްޕައި ތިބާ ވައްޓާލަން މަސައްކަތްކުރި މީހާ ނަގައި ގޮޅަށްޖަހާށެވެ! ތިބާއަށް ނަފްރަތުކުރާ މީހުންނަށްވެސް ނުބައި ބަސް ނުބުނެ ހެޔޮ ބަސް ބުނާށެވެ!

މާބޮޑު ކަމެއް މެދުވެރި ނުވި ނަމަވެސް ހިނިތުންވުންމަތީގައި ދެމި ހުންނާށެވެ! ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ތިބާއަކީ ޝުކުރުވެރިވާ މީހަކަށްވުމަށްޓަކައެވެ. އެއިރުން ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައިދާނީ މަތިވެރިވަމުންނެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން