މައްސަރުކަންތައް ނުޖެހޭނެ ގޮތް ހަދަން މަސައްކަތް ނުކުރާށެވެ! ﷲ ގެ ޚިލްގަތަށް ބަދަލު ގެންނަން މަސައްކަތްކުރުމަކީ ކުފްރުގެ ޢަމަލެއް.: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މައްސަރުކަންތައް ނުޖެހޭނެ ގޮތް ހަދަން މަސައްކަތް ނުކުރާށެވެ! ﷲ ގެ ޚިލްގަތަށް ބަދަލު ގެންނަން މަސައްކަތްކުރުމަކީ ކުފްރުގެ ޢަމަލެއް.: ޑރ. އިޔާޟް

"މައްސަރުކަންތައް ނުޖެހޭނެ ގޮތް ހަދަން މަސައްކަތް ނުކުރާށެވެ! ﷲގެ ޚިލްގަތަށް ބަދަލު ގެންނަން މަސައްކަތްކުރުމަކީ ކުފްރުގެ ޢަމަލެކެވެ. ޙައްވާގެ އަންހެންދަރިން މައްސަރުކަންތައް ޖެހޭގޮތް މެދުވެރިކުރައްވާ އެދުވަސްވަރު ވަކިކަންތަކަކުން ދުރުހެލިވާން އެންގެވީ އެކަނބަލުންގެ މަޞްލަޙަތަށްޓަކައެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިބަސްފުޅާއިއެކު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ހާމަކުރައްވާފައިވަނީ އައްރޫމް ސޫރަތުގެ 30 ވަނަ އާޔަތެވެ. 

"ފަހެ، ބާޠިލް މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބަޢަވެގެންވާ ޙާލް، ކަލޭގެފާނުގެ މޫނުފުޅު އިސްލާމްދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." (އައްރޫމް: 30)

މިމައްސަލައިގައި މުފްތީ މެންކް ވިދާޅުވެފައިވެއެވެ. "މައްސަރު ކަންތަކަކީ އެއްވެސް އަނހެނަކު އަމިއްލައަށް ޖެހިގަންނަ ކަމެއް ނޫނެވެ. ﷲ މިންވަރުކުރައްވަވާ ކަމެކެވެ. ވީމާ ވަކިދުވަހަކު ރޯދަ ނުހިފޮދާނެތީ ނުވަތަ އެހެންވެސް އަޅުކަމެއް ނުކުރެވިދާނެތީ މައްސަރުކަންތައް ނުޖެހެން ބޭސްކެއުން ފަދަ ކަންކަން ކުރުމެއް ނެތެވެ. ﷲ ތަޢާލާ މިންވަރުކުރެއްވެވި ގޮތަކަށް ރުހިގެން ހުރުމުން އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ."

މިއަދު އޮންލައިން