ސައިޒު އޮޅިގެން ނޫޅެބަލަ! ﷲ ތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ގަދަރާ ކަރާމާތަށްވުރެ ރަގަޅު ގޮތެއް ހޯދައިދިނުމަކީ އެއްވެސް ފަރާތަކަށް ކުރެވޭނެކަމެއް ނޫން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސައިޒު އޮޅިގެން ނޫޅެބަލަ! ﷲ ތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ގަދަރާ ކަރާމާތަށްވުރެ ރަގަޅު ގޮތެއް ހޯދައިދިނުމަކީ އެއްވެސް ފަރާތަކަށް ކުރެވޭނެކަމެއް ނޫން!: ޑރ. އިޔާޟް

"ﷲ ތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ގަދަރާއި ކަރާމާތަށްވުރެ ރަގަޅު ގޮތެއް ހޯދައިދިނުމަކީ އެއްވެސް ފަރާތަކަށް ކުރެވޭނެކަމެއް ނޫނެވެ. ސައިޒު އޮޅިވަޑައިގެން ނޫޅުއްވާށެވެ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިބަސްފުޅާއިއެކު ޑރ. އިޔާޟް ބަޔާކުރައްވާފައިވަނީ ކީރިތި ޤުރްއާނުގެ އަލްއިސްރާ ސޫރަތުގެ 70 ވަނަ އާޔަތެވެ. 

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމްގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒުޤް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." (އަލްއިސްރާ: 70) 

މިއަދުނޫހަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި ޑރ. އިޔާމް މިފަދަ ބަސްފުޅެއް ވިދާޅުވީ ހޯޕް ފޯރ ވިމަން އާއި އެހެންވެސް ބައެއް ޖަމިއްޔާތަކުންނާއި ފަރާތްތަކުން ޤުރްއާނާއި ސުންނަތަށްވުރެ މޮޅު ގޮތްތައް ހޯދައިދޭންކަމަށް ބުނެ މީސްތަކުން އިސްލާމް ދީނާއި ދުރަށް ޖައްސުވަން މަސައްކަތްކުރާތީއެވެ. 

މިފަދަ ބަސްފުޅުތައް ބަޔާން ކުރައްވާ ސަބަބުވެސް ޝައިޚް ވަނީ ހާމަކުރައްވައިފައެވެ. 

"އެމީހެއްގެ ފެންވަރުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއް."

މިބަސްފުޅަށް ދަލީލު ދައްކަވައި ހާމަކުރައްވާފައިވަނީ ކީރިތި ޤުރްއާނުގެ އާލްޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތެވެ. 

"މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާން ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން އީމާންވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ ފާސިޤުންނެވެ." (އާލްޢިމްރާން: 110)

މިއަދު އޮންލައިން