ހަސަދަވެރިއެއްގެ ހިތް ހަމަޖައްސައެއް ނުދެވޭނެ! އޮތީ ޛިކްރްތައް ކިޔައި ސަލާމަތްވާން މަސައްކަތް ކުރުން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ހަސަދަވެރިއެއްގެ ހިތް ހަމަޖައްސައެއް ނުދެވޭނެ! އޮތީ ޛިކްރްތައް ކިޔައި ސަލާމަތްވާން މަސައްކަތް ކުރުން!: ޑރ. އިޔާޟް

އެކުގައި އުޅެމުން ނަމަވެސް އަދި ދުރުގައި ހުރެގެން ނަމަވެސް މީހަކު ހަސަދަވެރިވާކަމަށް ވިސްނިއްޖެނަމަ އެމީހާ ހިތްހަމަޖައްސައިދޭން މަސައްކަތްކުރެވެއެވެ. ނަމަވެސް ގިނަ ފަހަރަށް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ޙަސަދަވެރިވާނީ ނުބައި ހިތެވެ. ނުބައި ހިތަކަށް ނުބައިކަން ނޫން މަގެއް ޚިޔާރުކުރަން ވަރަށް އުނދަގޫވާނެއެވެ. ނުބައި ހިތަށް ހަމަޖެހުން ލިބޭނީ އަނެކާއަށް އަނިޔާކުރެވުނު ވަރަކުންނެވެ. ގެއްލުންދެވުނު ވަރަކުންނެވެ.

ޑރ. އިޔާޟް ވިދާޅުވެފައިވާ މިބަސްފުޅަށް ވިސްނައިލަމާ ހިނގާށެވެ!

"ހަސަދަވެރިއެއްގެ ހިތްހަމަޖައްސައިދޭން ނުވިސްނާށެވެ! އެއީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާގެ ހަސަދަވެރިކަމާއިއެކު ވާނެ އެއްޗެއް ވާން ދޫކޮށްލާށެވެ.

އޭނާގެ ހަސަދަވެރިކަމުން ސަލާމަތްވާން ޛިކްރްތައް ކިޔައި ރައްކާތެރިކަން ހޯދާށެވެ! ﷲ ޙައްޤަށް ނަޞްރު ދެއްވަވާނެކަން ކަށްވަރެވެ! އިން ޝާ ﷲ."

–ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން