ސުންނަތަކަށްވާތީ ގިނަ އަނބިން ހޯދާވާހަކަ ދައްކާއިރު ދަތިޙާލުގަ އުޅޭ، ޢުމުރުން ދުވަސްވީ ހުވަފަތް އަންހެނުންނާ ކައިވެނި ނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ސުންނަތަކަށްވާތީ ގިނަ އަނބިން ހޯދާވާހަކަ ދައްކާއިރު ދަތިޙާލުގަ އުޅޭ، ޢުމުރުން ދުވަސްވީ ހުވަފަތް އަންހެނުންނާ ކައިވެނި ނުކުރަނީ ކީއްވެ؟

މިހާރަކަށް އައިސް ފުދުންތެރިކަން ނެތް މީހުންވެސް ސުންނަތުގައި އޮތުމުން ކަމަށްބުނެ ގިނަ އަނބިންނާއި އެކައިވެނިކުރެއެވެ. އަހުރެންގެ ސުވާލަކީ ނިކަމެތި ޙާލުގައި ތިބި ހުވަފަތް އަންހެނުންނާއި ކައިވެނިނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ނިކަމެތި ޙާލުގައި ތިބި ތިމާއަށްވުރެ ދޮށީ އަންހެނުންނާއި ކައިވެނި ނުކުރަނީ ކީއްވެގެންހެއްޔެވެ؟ އެކަންކަން ސުންނަތުގައި ނެތީހެއްޔެވެ؟ 

އާނއެކެވެ! އެއްބަސްވަމެވެ. މާތް ﷲ ފިރިހެނުންނަށް 4 އަނބިން ހުއްދަކުރައްވަވާފައި ވަނިކޮށް އެކަމާއި ދެކޮޅަށް ވާހަކައެއް ނުދެއްކޭނެއެވެ. އަދި އެއީ ސުންނަތެއް ނޫންކަމަކަށްވެސް ނުބުނެވޭނެއެވެ. ހުރިހާވެސް މައްސަލައަކީ ކައިވެނީގެ ސުންނަތްތަކުގެ ތެރެއިން ވަކިތަންކޮޅެއްގައި ނުވަތަ ވަކިކަމެއްގައި މާބާރަށް ހިފާތީއެވެ. 

މުސްލިމް ފިރިހެނުންނަށް 4 އަނބިން ހުއްދަ ކުރައްވަވާފައި އޮތް އޮތުމަކީ ކޮންމެ ފިރިހެނަކު 4 އަނބިން ގެންގުޅެން ލާޒިމް ކުރާ ކަމެއް ނޫނެވެ. އަދި އެއް އަންތބަށްވެސް ، ގިނަ އަނބިންނާއިވެސް ކައިވެނިކުރަން އޮތީ އަންހެނުން އެކަމަށް ބޭނުންވެ ރުހިގެންނެވެ. 

ހަމައެފަދައިން މިއީވެސް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ބައެއް އަންހެނުންނަށް އެންމެ އަންތބަކަށް ކައިވެނިކޮށްގެން ވެސް ދިރި ނުއުޅެވުމުގެ ސަބަބުންނާއި އަދި ބައެއް ފިރިހެނުންނަށް އެންމެ އަންތބަކު ނުގެންގުޅެވިގެން ކޮންމެ ދުވަހަކު އެތައްބައިވަރު ކައިވެނިތަކެއް ރޫޅެމުންދާއިރު، އަދި އަންހެނުން އެކަކު ކައިރިން ވަރިވެ އަނެކަކު ކައިރިން ވަރިވެ އެތައް ފިރިހެނުންނަކާއި ކައިވެނިކުރަމުންދާއިރު ކުރިމަތިވެފައިވަނީ އަނބިންގެ އަދަދުގެ މައްސަލައެއް ކަމަށް ބުނެ ނިންމައިލެވެން އޮތް ކަމަކަށްވެސް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. 

ހަމަ މިފަދައިން ބަލައިފިނަމަ އެއްބައި ފިރިހެނުން ވަރަށް ހަމަހަމަކަމާއިއެކު ގިނަ އަނބިން ގެންގުޅޭއިރު އިން އެންމެ އަނބިމީހާ އަބަދު ނޯށުން ރޮއްވާފައި ބައިންދާ ފިރިހެނުން ތިބިކަން ވެސް ފާހަގަކުރަން ޖެހެއެވެ. 

ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މިފަދަ ހުރިހާ މައްސަލަތަކެއްވެސް ކުރިމަތިވަމުން މިދަނީ އިސްލާމް ދީނުގެ ޙުކުމްތަކުގައި އެއްވެސް މައްސަލައެއް އޮތުމަކުން ނޫނެވެ. އިސްލާމް ދީނުގެ ޙުކުމްތަކަކީ އެންމެ ފުރިހަމަ ޙުކުމްތަކެވެ. ހުރިހާ މައްސަލަތަކެއް އުފެދެނީވެސް އިސްލާމް ދީނުގެ ޙުކުމްތަކަށް އަމަލު ނުކުރެވޭތީއެވެ. އެމީހަކު އެދޭ ކަންކަން އެމީހަކު އެދޭކުރަން ބޭނުންވާ މީހުން ގިނަވާތީއެވެ! 

- އަލަފް

މިއަދު އޮންލައިން