ފާފަކުރުމުގެ ހުރި ބިރުވެރިކަން: އާދަމގެފާނަށް ފަތެއްދޭން ގަސްތައް ދެކޮޅުހެދި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ފާފަކުރުމުގެ ހުރި ބިރުވެރިކަން: އާދަމގެފާނަށް ފަތެއްދޭން ގަސްތައް ދެކޮޅުހެދި!

ޢާންމު މައުލޫމާތަށްޓަކައި ކަމެއް ހިއްޞާކޮށްލާނަމެވެ. 

ﷲ ތަޢާލާ އާދަމްގެފާނަށް މަނާ ކުރެއްވެވި ގަހުން ފަރިއްކުޅުއްވެވުމުން ދެކަނބަލުންގެ ޢައުރަ ޚަޝްފްވެގެން ދިއުމުން ނިވާ ކުރައްވަން ގަސްތަކުން ފަތް ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވެވުމުން ފަތް ދިނުމަށް ގަސްތައް ދެކޮޅު ހެދިއެވެ. 

ފަތް ދިން ކަމަށް ބުނެވެނީ ވައްތީނި ގަހެވެ. 

ވީމާ ﷲ ތަޢާލާ ނަހީކުރެއްވެވި ކަމެއް ކުރެވުމުގެ ހުރި ބިރުވެރިކަން ދެކިބަލާށެވެ! 

ގަސްތަކާއި އެހެންވެސް މަޚްލޫޤުންނަކީ ހަމަހުރިއެއްޗެއްކަމަށް ނުވިސްނާށެވެ! އެތަކެތި ﷲ ތަޢާލާއަށް ތaޞްބީހް ކިޔައެވެ! އަދިކީއްހެއްޔެވެ؟ 

سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ

މިފަދައިން ކިޔައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގައި ﷲ ތަޢާލާ ގަހެއް/ރުކެއް އިންދަވައި ދެއްވަވަތެވެ. 

عَنْ جَابِرٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ 

Jabir reported: The Prophet, peace and blessings be upon him, said,

 “Whoever declares the glory of Allah and his praise will have a palm tree planted for him in Paradise.” 

Source: Sunan al-Tirmidhī 3464

Grade: Sahih (authentic) according to Al-Albani

  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން   

 

މިއަދު އޮންލައިން