"ޕޯޗުކީޒުން ގަދަކަމުން ދިވެހިންގެ ކަރަށް ބަނގުރާ އެޅިގޮތަށް ގަދަކަމުން ހިންދޫ ދީނުގެ ޘަޤާފަތެއް ދިވެހިންގެ ތެރޭގައި ފަތުރަން މަސައްކަތްކުރާ ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން. އެކަން ހުއްޓުވުމަކީ ދައުލަތުގެ އެންމެ އިސް އެއް ވާޖިބު.
ތިމާގެ މިލްކިއްޔާތުން އެއްވެސް މިންވަރެއް އުނިވުމަކީ އެއްވެސް މީހަކު އެދޭނެކަމެއް ނޫން. ވީއިރު، ތިމާމެން އަތުގައިވާ އެންމެ ބޮޑު ރައުސްމާލު ކަމުގައިވާ އިސްލާމްދީނަށް އުނިކަމެއް އަންނަފަދަކަމެއް ކުރަން ރުހެވެނީ ކީއްވެގެންތޯ؟! حسبنا الله ونعم الوكيل.
ފަތިސް ނަމާދު ކޮށްގެންގޮސް ޙަރާމް ކަމަކަށް އަރައިގަތަކަސް އެއީ ޙަލާލު ކަމަކަށް ނުވާނެއެވެ."
އަދިވެސް ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންގެ ކާބަފައިން ޙަވާލު ކުރައްވާފައިވާ އެންމެބޮޑު އެއް އަމާނަތަކީ ސައްތައިން ސައްތަ މުސްލިމް ދައުލަތެއްގެ ގޮތުގައި މިޤައުމު ދެމިއޮތުން.އަންނަންއޮތް ޖީލުތަކަށް އެކަން ރައްދުކޮށްދިނުމަކީ ކޮންމެ ދިވެހި މުވާޠިނެއްގެ މަސްއޫލިއްޔަތެއް އިސްލާމީ ވިޙްދަތު ފޮހެވިޔަދީގެން ނުވާނެ".
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ "ޔޫއޭއީ ފަދަ ޤައުމުތަކުގައި ބުދުފައްޅިތައް ޢިމާރާތް ކުރެވުނީ އެއްދުވަހަކުން ނޫނެވެ. ތަފާތު ނަންނަމުގައި ބުދުދީނުގެ ކަންކަން ގެނެސް ފެތުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޢިބްރަތް ޠާޞިލުކުރާހުށި!" މިފަދައިން ޝައިޚް މުޙައްމަދު ސިނާން ވިދާޅުވުމާއި ގުޅިގެންނެވެ.