ނުހަނުލޯބިން ކުރާ ކައިވެނިތައް ރޫޅޭތީ ކަންބޮޑުވާއިރު ނިކަން ބުނެބަލާށެވެ!
ކައިވެންޏަކީ ކޮބައިކަމާއި ކައިވެނީގެ ބޭނުމާއި ބެހޭ ގޮތުން ވަރަށް ގިނައިން ސުވާލުކުރެއެވެ. އެހެންކަމުން ކައިވެންޏަކީ ކޮބައިކަން މިގޮތަށް ބަޔާންކޮށްދޭން ކެރޭނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟ ނޫނީ ކިތައް ފިރިހެނުންނަށް ހެއްޔެވެ؟ ނޫނީ ކިތައް ދެމަފިރިންނަށް ހެއްޔެވެ؟
"ކައިވެންޏަކީ އަހަރެން އެންމެ ލޯބިވާ އިންސާނާ ގޮވައިގެން، 2 ފުރާނަ އެކުގައި ސުވަރުގެދާން ކުރާ ދަތުރެކެވެ!"
ކައިވެނީގެ ޙަޤީޤަތަކީ މިއީ ކަމުގައި ހަދައިފިނަމަ އެ ދެމަފިރިއަކު މާޔޫސްވާން ޖެހޭނެ އެއްވެސް ކަމަކާއި މިދުނިޔޭގައިވެސް އަދި އެދުނިޔޭގައި ވެސް ކުރިމަތިލާކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ!
ކައިވެނިތައް ރޫޅި ޢާއިލީ މައްސަލަތައް ކުރިމަތިވަމުން މިދަނީ ކައިވެނިކުރުމަސްފަހު ކައިވެނީގެ ޙަޤީޤީ މަޤްޞަދު އޮޅުވައިލެވޭތީއެވެ. ދުނިޔޭގައި މަސައްކަތްކުރަންވީ ދެމަފިރިން އެކުގައި ލޯބިން އުޅުމަށެވެ. އެކަން ޙާޞިލުކުރެވޭނީ އެކަކު އަނެކަކަށް ތެދުވެރިވެ ވަފާތެރިވެގެންނެވެ. އުނިވެގެން މިއުޅެނީ އެކމެވެ.
- އަލަފް