ޔޯގާ އާ ގުޅިގެން ޝައިޚް ފަޒްލޫންއާ އާދަމް ނިޝާން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޔޯގާ އާ ގުޅިގެން ޝައިޚް ފަޒްލޫންއާ އާދަމް ނިޝާން ހައްޔަރުކޮށްފި

އިސްލާމިކް މިނިސްޓްރީން އެއްބާރުލުންދީގެން ޔޫތު މިނިސްޓްރީ އާ އިންޑިއާ ގުޅިގެން ގަލޮޅުދަނޑުދަނޑުގައި ހިންގި ޔޯގާ (ހިންދޫ، ބުދިސްޓް ކަލާނގެއާ ގުޅުން / މާނަ: ޑރ. ޒާކިރު ނައިކް) ޙަރަކާތުގެތެރެއިން ހަމަނުޖެހުން އުފެއްދި ކަމުގެ ތުހުމަތުގައި ފުލުހުން ބަންދުކުރި 6 މީހުންގެ އިތުރުން 3 މީހަކު ހައްޔަރުކޮށްފި ކަމަށާއި އެއިގެ ތެރޭގައި ޝައިޚް ފަޒްލޫން ޢާއި ޝައިޚް އާދަމް ނީޝާން ހިމެނިވަޑައިގަންނަވާ ކަމަށް ބައެއް ނޫސްތްކުނަ ހާމަކޮށްފިއެވެ. 

އިސްލާމް ދީނާއި ދެކޮޅަށް ދޮގުފަތުވާ ފަތުރައި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން ހައްޔަރުކުރަން ގިނަބައަކު ދަނީ ގޮވާލަމުންނެވެ. އެކަމަށް އެދެވޭ އިޖާބައެއްދޭތަން ދޭތަން ނުފެންނާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

ޔޯގާއާ ގުޅިގެން ހިނގި ހުރިހާ ނުބައެއް ހިންގުވީ ސަރުކާރުން- އެހެންބައަކު އޭގެތެރެއަށް ބާނަން އުޅޭނެކަމެއް ނެތް!: ޑރ. އިޔާޟް 

ޢަބްދުއްލަޠީފް 

"އަޅުގަނޑަކީ މިސަރުކާރަށް ވަރަށް ތާއީދުކުރާ މީހެއް! ނަމަވެސް ޔޯގާ އާއި ގުޅިގެން ހިންގި ހަމަޖެހުންތައް ހިންގުވީ ސަރުކާރުން. ހިންގި ހުރިހާ ނުބައެއްގެ އަޞްލަކީ ސަރުކާރު! އެހެންވީމާ އެކަމުގެ ތެރެއަށް އެހެން ބައަކު ބާނަން އުޅޭނެ ކަމެއް ނެތް! 

ރައްޔިތުންގެ އެތައް ބައެއްގެ ޝުޢޫރުތައް ކެކިއަރަމުން އައިކަން އެނގިތިބެ އެކަންކަމަށް ބަލާނުލީމާ ދެން ކަންކަންވާނެ ގޮތަށް ކަންކަން ވެގެން އެދިއައީ. ކުރިން ފޮރުވިގެން ތިބެ ނޫނީ ކުޑަކުޑަ ޙަރަކާތެއްގެ ގޮތުގައި ހިންގަމުން އައިކަމެއް، އިޝްތިހާރުކޮށް ދިވެހި ޤައުމީ ކަމެއްގެ ގޮތުގައި ދައްކުވައިގެން ހިންގަން އުޅުނީމާ ކަންކަން ގޯހުން ގޯހަށް ދިއައީ. 

ކޮންމެ އަހަރަކުވެސް ޢިލްމުވެރިން ދެކޮޅު ހައްދަވާ! އަޅުގަނޑުވެސް ދެކޮޅުހަދަން. ނަމަވެސް ކުޑަކުޑަކަމެއްގެ ގޮތުގައި ނިމިގެންދާތީ މާބޮޑު ކަމަކަށްނުވެ އޮތީ! ހިންދޫންކުރާ އަޅުކަމެއްގަ އެހެން ކުލަޖައްސައިގެންނަމަވެސް ފަތުރަން މިއަދު ފުރުޞަތުދީފިނަމަ މާދަމާ މިކަންކަން ދާނީ އަތްނުފޯރާފަށަށް ފެތުރިގެން. އެކަން ބުނެދީ އެކަން ހުއްޓުވައިދޭތޯ އަޅުގަނޑު އާދޭސްކުރިން. އެކަމަކު އަޑުއަހާނެ މީހަކުނުވީ! ޤަބޫލުނުކުރީ!"

- ޑރ. އިޔާޟް މިއަދުނޫހަށް 

"ކަމެއްގައި ޚިޔާލުތަފާތު ވިޔަސް އެއްތަނެއްގައި ނުތިބެވިގެން އުޅޭއިރު ޢަޤީދާ އާއި ފުށޫއަރާފަދަ ޢަމަލުތަކެއް ހިންގާއިރު އެކުގައި ތިބެވި އަދި އެކަން ދިފާޢުކުރަން އުޅޭ އުޅުމަކީ ޙައިރާން ކުރުވަނިވި ކަމެއް."

"ނުރަގަޅު ކަމެއް ކުރެވޭކަން ނުވަތަ ކުރަން އުޅޭކަން ބުނެދިނީމާ ކާބަފައިންވެސް ކުރިކަމެކޭ ބުނެ ޙުއްޖަތް ދެއްކޭނެ ގޮތެއް ނޯވެއެވެ. ކުރީގައި ކުރެވުނު ކަންތަކަށް ތައުބާވެ އާފެށުމަކުން ފަށަންވީއެވެ. އިތުރަށް ނުބައި ދަމަހައްޓަންވީ އެއް ނޫނެވެ."

- ޑރ. އިޔާޟް ޓްވިޓަރ

 

މިއަދު އޮންލައިން