މިޚަބަރަކީ ޙަޤީޤަތުގައި މީގެ 3 އަހަރުކުރިން އެމެރިކާގެ ފްލޮރިޑާގައި ހިނގައިދިއަ ކަމެކެވެ. މި ޚަބަރު ހަނދާންވުމުން ބޭނުންވީ ކިޔުންތެރިންނާއި ސުވާލުކޮށްލައި ވިސްނުންހުރި ގޮތެއް އޮޅުންފިލުވާލުމަށެވެ.
ފްލޮރިޑާގެ ފުލުހުން ބުނެފައިވާގޮތުން މައްސަލަ ހޫނުވީ ބޯއިފްރެންޑް، ހޮސްޕިޓަލުގައި އެނދުމަތިވެފައި އޮވެގެންވެސް މަކަރުހަދައި އިތުރު އަންހެން ކުދިންނާއި ގުޅުން ބާއްވާކަމުގެ ތުހުމަތުގައި އޭނާގެ ފޯނު ބަލަން 18 އަހަރުގެ ގާލްފްރެންޑް އެދުމުން ފޯނު ދިނުމަށް ދެކޮޅު ހެދުމުން ކަމަށެވެ. އެ ގޮތުން ކުރި ޒުވާބުގެ ތެރެއިން އޮޕްރޭޝަން ކުރަން ބޭނުން ކުރާ ޒާތުގެ ކަތުރެއް ފެނުމުން ނަގައި ފައިގެ އެތައް މިތަނަށް ހަރައިލީ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން އަންހެންކުއްޖާ ހައްޔަރުކުރިއެވެ. ސުވާލަކީ "ގޯހީ އަންހެން ކުއްޖާ، ފިރިހެން ކުއްޖާއަށް ކުރި ޖިސްމާނީ އަނިޔާ ހެއްޔެވެ؟ ނޫނީ އަންހެން ކުއްޖާއަށް ފިރިހެންކުއްޖާ ކުރި ނަފްސާނީ އަނިޔާ ހެއްޔެވެ؟"
--އަލަފް