ބޭރު ޤައުމެއްގަ ދިރިއުޅުނަސް، ކާފިރުންގެ މަހާނަ ކައިރިއަށް ގޮސް ހުއްޓިހުރުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބޭރު ޤައުމެއްގަ ދިރިއުޅުނަސް، ކާފިރުންގެ މަހާނަ ކައިރިއަށް ގޮސް ހުއްޓިހުރުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ!

ތަފާތު ސަބަބުތައް މެދުވެރިވެ މުސްލިމް ނޫން ޤަުމުތަކުގައި ދިރިއުޅެންޖެހިފައިވާ މީހުންވެސް މަދެއް ނޫނެވެ. އެފަދަ ޤައުމެއްގައި އުޅެންޖެހުނު ނަމަވެސް ޢަމަލޔައް ބަހައްޓަންޖެހޭ ނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުންނެވެ.

ﷲ ތަޢާލާ އަށާއި، އެކަލާނގެ ރަސޫލާ ﷺ އަށް ކާފިރުވެ އަދި ފާސިޤުން ކަމުގައިވާ ޙާލު މަރުވި މީހުންގެ މަހާނަދަށުގައި ހުއްޓި ހުރުން ﷲ ތައާލާ ވަނީ މަނާ ކުރައްވަވައިފައެވެ. އެކަން ނުކުރުމަށް އަމުރުފުޅު ކުރައްވަވައިފައެވެ.

"އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކާފިރު ވޫއެވެ. އަދި އެއުރެން މަރުވީ، ފާސިޤުން ކަމުގައިވާ ޙާލު ގައެވެ." (ތައުބާ: 84)

މިއީ ޚާއްޞަކޮށް ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. ނުއެނގި ތިބެ ނަމަވެސް މިފަދަ ކަންކަން ބައެއެ މީހުންނަށް އެބަ ކުރެވެއެވެ. ކާފިރުންގެ ޖަނާޒާތަކުގައިވެސް އެބަ ބައިވެރިވެއެވެ

 

މިއަދު އޮންލައިން