އެއްޖިންސުން ގުޅުންހިންގުން 3: އެ ރަށް ބަންޑުން ޖެއްސެވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 38ސ
އެއްޖިންސުން ގުޅުންހިންގުން 3: އެ ރަށް ބަންޑުން ޖެއްސެވުން

އެ ރަށް ބަންޑުން ޖެއްސެވުން

ގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން އެ ރަށަށް ﷲ ތަޢާލާ ފޮނުއްވީ ގަދަފަދަ ޢަޛާބެކެވެ. ކަމަކަށް ފަހު ކަމެއް ގުޅިގެންއައި ބިރުވެރި، ޢަޛާބުގެ ސިލްސިލާއެކެވެ. 

އެގޮތުން ފުރަތަމަ ކަމަކީ އެބައިމީހުންގެ ލޯތައް ކަނުކުރެއްވުމެވެ. މަލާއިކަތަކު އެކަލޭގެފާނުގެ ފިޔަފުޅުން އެ ރަށު މީހުންގެ ގައިގައި ޖެއްސެވުމުން އެބައިމީހުންގެ ލޯތައް ކަނުވިއެވެ. ދެވޭ ނުދެވޭ ތަނެއް އެބައިމީހުންނަކަށް ނޭނގެއެވެ. ސަލާމަތް ފިޠުރަތާ ހިދާޔަތުގެ މަގުން އެބައިމީހުން އެއް ފަރާތްވެ، އެ މަގު ދެނެގަތުމަށް ކަނުވި ފަދައިންނެވެ. ޙައްޤުގޮތް ދެނެގަތުމަށް ކަނުވެގަތުމުން، ﷲ ތަޢާލާ އެބައިމީހުންގެ ލޯތަކުގެ ފެނުން ގެންދެވީއެވެ. 

فَطَمَسْنَا أَعْيُنَهُمْ فَذُوقُوا عَذَابِي وَنُذُرِ ﴿٣٧﴾‏ [سورة القمر ٨١] 

މާނައީ: "ފަހެ، ތިމަންއިލާހު އެބައިމީހުންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިޔަބައިމީހުން ތިމަންއިލާހުގެ ޢަޛާބާއި އިންޛާރުގެ ރަހަ ލިބިގަންނާށެވެ!" 

ދެން ގަދަފަދަ އަޑެއް ފޮނުއްވިއެވެ. 

فَأَخَذَتْهُمُ الصَّيْحَةُ مُشْرِقِينَ ﴿٧٣﴾‏ [سورة الحجر ٧٣] 

މާނައީ: "ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެބައިމީހުން ހަލާކުކުރިއެވެ." 

އެއަށްފަހު، އެ ރަށް ބަންޑުންޖެއްސެވިއެވެ. ފަހެ، އެ ރަށް މައްޗަށް އުފުއްލެވިއެވެ. އެއަށްފަހު، އެރަށް ބަންޑުން ޖެއްސެވިއެވެ. އެބައިމީހުންގެ ފިޠުރަތު އެފުށްމިފުށަށް ޖެހިފަދައިންނެވެ. ﷲ ތަޢާލާ ދެއްވި ނިޢުމަތަށް ޝުކުރުވެރި ނުވެ، އެއިލާހުގެ މަތިވެރި ޙަލްޤުކުރެއްވުން ބަދަލުކުރި ފަދައިންނެވެ. 

﴿نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ﴾ [سورة البقرة ٢٢٣] 

މާނައީ: "ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ!" 

﴿هُوَ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا﴾ [سورة الأعراف ١٨٩] 

މާނައީ: "އެއިލާހީ އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުން، އެނަފްސުގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ." 

ނަމަވެސް އެބައިމީހުންގެ ޝަހުވާނީ އެދުންފުއްދުމަށްޓަކައި އަންހެނުން ދޫކޮށް ފިރިހެނުންގެ ގާތަށް ދިޔައެވެ. ﷲ ތަޢާލާގެ ނިޢުމަތަށް ކުފުރުވެރިވީއެވެ. އެކަން ބަދަލުކުރުމުން، އެ ރަށް އޮތް ގޮތް ވެސް ﷲ ތަޢާލާ، ބަދަލުކުރެއްވީއެވެ. އެ ރަށް މައްޗަށް އުފުއްލެވުމަށް ފަހު، މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީއެވެ. 

﴿جَعَلْنَا عَالِيَهَا سَافِلَهَا﴾ [سورة هود ٨٢] 

މާނައީ: "ތިމަންއިލާހު އެ ރަށް ބަންޑުން ޖެއްސެވީމެވެ." 

އެ ރަށް ބަންޑުންޖެއްސެވުމަށް ފަހު، ދެން އެ ރަށަށް އަލިފާނުން ދޮންކޮށްފައިވާ ހިލައިގެ ވާރޭ ވެއްސެވިއެވެ. 

وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ﴿٨٢﴾ [سورة هود ٨٢] 

މާނައީ: "އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން، ތިމަންއިލާހު އެ ރަށަށް ވާރޭ ވެއްސެވީމެވެ." 

މިއީ އެބައިމީހުންގެ ފާޙިޝް ޢަމަލުގެ ޢުޤޫބާތެވެ. މިއީ ލިވާޠު ފެށި ޤައުމުގެ ނިމުމެވެ. މިއީ އެއް ޖިންސުން ގުޅުން ހިންގި މީހުންގެ ނިމުން އައިގޮތެވެ. މިބައިމީހުންގެ ވާހަކަ ނިންމަވާލައްވަމުން ﷲ ތަޢާލާ ހޫދު ސޫރަތުގައި ވަޙީކުރެއްވިއެވެ. 

وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ ﴿٨٣﴾ [سورة هود ٨٣] 

މާނައީ: "އަދި އެއީ އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ނޫނެވެ." 

ފަހެ، އެބައިމީހުންނާ އެއްފަދައިން ޢަމަލުކުރާ ބައެއްގެ މައްޗަށް މިފަދަ ޢަޛާބެއް ބާވައިލެއްވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެބައިމީހުންނީ އެއްޖިންސުން ގުޅުން ހިންގާ، މަގުފޭރި، ޞާލިހުންނާ ޢަދާވާތްތެރިވެ އުޅުނު މީހުންނެވެ. 

﴿وَلُوطًا إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٢٨﴾‏ أَئِنَّكُمْ لَتَأْتُونَ الرِّجَالَ وَتَقْطَعُونَ السَّبِيلَ وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ﴾  [سورة العنكبوت ٢٨، 29]  

މާނައީ: "އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަކުރާ ފާޙިޝް ކަންތައްތަކަކީ ޢާލަމުތަކުގެ ތެރެއިން އެކަކުވެސް މީގެ ކުރިން ކޮށްފައިނުވާ ކަންތައްތަކެކެވެ. [28] ހަމަކަށަވަރުން ތިޔަބައިމީހުން ފިރިހެނުން ގާތަށް (ޝަހުވާނީ އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟" 

قَالُوا أَخْرِجُوا آلَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ ﴿٥٦﴾ [سورة النمل ٥٦] 

މާނައީ: "އެބައިމީހުން ބުންޏެވެ. ތިޔަބައިމީހުން ލޫޠުގެފާނާއި އެކަލޭގެފާނަށް ތަބާވެގެން ތިބި މީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން އެބައިމީހުންނީ ޠާހިރުވެ ތިބޭ ބައެކެވެ." 

ނަބީބޭކަލުންގެ ދަޢުވަތަށް ޢަދާވާތްތެރިވެ، މިފަދަ ބޮޑުވެގެންވާ ފާޙިޝް ޢަމަލުތައް ހިންގާ މީހުން ދަންނާށެވެ. މިއީ ސަދޫމުގެ މީހުންގެ ވާހަކައެވެ. އެބައިމީހުން ނިމިދިޔަ ގޮތެވެ. ފަހެ، ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތިވާށެވެ.

 

- އަދި ނުނިމޭ

 

މިއަދު އޮންލައިން