ﷲ އަށް އާދޭސް ދަންނަވަން ނޫނީ ލޮލުން ކަރުނަ ނާޅާ މީހަކަށްވެބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ﷲ އަށް އާދޭސް ދަންނަވަން ނޫނީ ލޮލުން ކަރުނަ ނާޅާ މީހަކަށްވެބަލާށެވެ!

އަހުރެންގެ ކުރިމަތީގަ އެންމެ ހިތްވަރުގަދަ މީހުންނަކީ ވެސް އަދި އީމާންކަން އެންމެ ވަރުގަދަ މީހުންނަކީވެސް އަނިޔާ ލިބެމުންދާއިރުވެސް މީސްތަކުންގެ ކުރިމަތީގައި ކަރުނަ ނުއަޅައި ހިނިތުންވެގެން ހުންނަ މީހާއެވެ! އެންމެ ހިތްވަރުގަދަ މީހުންނަކީ އަދި އީމާންތެރިކަން އެންމެ ވަރުގަދަ މީހުންނަކީ ކޮބައިކަމާއިމެދު ސުވާލުކުރާތީ މިކަމުގައި އަހަރެން ދެކޭ ގޮތް ބުނެލާނަމެވެ. 

އެގޮތަށް އަހަރެން ޤަބޫލުކުރާ ސަބަބުވެސް ބުނެލާނަމެވެ! މީސްތަކުންގެ ކުރިމަތީގައި ކަރުނަ އެޅުމުން ގިނަ ފަހަރު ކުރާނީ މަލާމާތެވެ! ހިތްވަރު ދިނުމުގެ ބަދަލުގައި އެދޭނީ އިތުރު ނިކަމެތި ކަމަށެވެ. މަސައްކަތް ކުރާނީވެސް އިތުރަށް ނިކަމެތިކުރުމަށެވެ. ފަހަރެއްގައި އެހީތެރިވެދޭން ބޭނުންވާ މީހަކުވެސް ހުރެދާނެއެވެ. ނަމަވެސް އޭނާއަށް ވެސް އެހީތެރިވެދެވޭނީ ﷲ ތަޢާލާ އެކަމަށް މިންވަރު ކުރެއްވެވި ނަމައެވެ. 

މިގޮތަށް މީހަކަށް ޤަބޫލުކުރެވި އަދި އަމަލުކުރެވޭނީ އެމީހެއްގެ ކިބައި އީމާންތެރިކަން އިންތިހާއަށް ވަރުގަދަވެގެންނެވެ. ހިތާމަތައް ކުރިމަތި ކުރައްވަވަނީވެސް ހިތާމަތަކުން މިންޖު ކުރައްވަވާނީވެސް ﷲ ތަޢާލާ ކަމުގައި ޔަޤީންކޮށް ކެތްތެރިވެވޭނީ އީމާންތެރިކަން އެންމެ ފުރިހަމައަށް ވަރުގަދަ ކުރެވިގެންނެވެ. 

ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިފި ނަމަ ތަފާތު ސަބަބުތަކާއި ހުރެ އަނިޔާ ލިބެމުންދާ މީހުން ވަރަށް ގިނަވާނެއެވެ! ހިތާމަތަކާއި ހިތްދަތިކަމުގައި އުޅެން ޖެހިފައިވާ މީހުންވެސް ވަރަށް ގިނަވާނެއެވެ. އެފަދަ އެންމެންވެސް ގަދައަޅައި ހިތްވަރުކުރަންވީ ﷲ ތަޢާލާއަށް އާދޭސް ދަންނަވަން ނޫނީ ލޮލުން ކަރުނަ ނުއެޅުމަށެވެ. މީސްތަކުންގެ ކުރިމަތީގައި ހިނިތުންވެ ހުރުމަށެވެ! ފުރިހަމަ ތަޤްވާވެރިކަންމަތީގައި ހުރެ މިފަދައިން ޢަމަލުކުރަން މަސައްކަތްކުރާ މީހާއަށް ﷲ ތަޢާލާ ހިތްވަރު ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން