ނުބައި އެކުވެރިންގެ ނުބައިކަމުން ސަލާމަތްވެވިދާނެ އޮތް އެންމެ ފަސޭހަ މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނުބައި އެކުވެރިންގެ ނުބައިކަމުން ސަލާމަތްވެވިދާނެ އޮތް އެންމެ ފަސޭހަ މަގު!: މުފްތީ މެންކް

ކޮންމެ މީހެއްގެ ވަށައިގެންވެސް ނުބައި އެކުވެރިން އަބަދުވެސް އެނބުރޭނެއެވެ. ތިބާއަށް ލިބޭ އަނިޔާތަކާއި ގެއްލުންތަކަށް އެމީހުން އަބަދުވެސް އުފާކުރާނެއެވެ! އެމީހުން ދެކެ ރުޅި އައިސް އެމީހުންނަށް ނިކަމެތިކަން ލިބުމަށް އެދުމަކުން ތިބާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

އެމީހުންގެ ޖާހިލުކަން ދާނީ ބޮޑުވަމުންނެވެ. ޖާހިލުކަން ބޮޑުވި ވަރަކަށް ހަސަދަވެރިކަން ދާނީ އިތުރުކުރަމުންނެވެ. ޖާހިލުކަން ބޮޑުވި ވަރަކަށް ތިބާއަށް ކުރާ ޖެއްސުން ދާނީ ގިނަވަމުންނެވެ. ލިބޭ ހިތްދަތިކަން ދާނީ ބޮޑުވަމުންނެވެ! 

ވީމާ އެފަދަ މީހުންނަށްޓަކައި ވެސް ހެޔޮ ދުޢާ ކުރާށެވެ! އެއިރުން އެމީހުންނަށް ތެދުމަގު ފެނި އިޞްލާހްވެދާނެއެވެ. އިން ޝާ ﷲ. އެމީހުން އިޞްލާޙްވެއްޖެ ނަމަ އެކަމުގެ ފައިދާ ތިބާއަށް ވެސް ކުރާނެއެވެ. އެމީހުންނަކީ އިޞްލާޙްވެފައިވާ ބައަކަށް ވެއްޖެ ނަމަ ތިބާއަށް ގޯނާކުރުމުގެ ބަދަލުގައި ދާނީ އެމީހުންގެ އެހީތެރިކަން ވެސް ލިބެމުންނެވެ! 

ވީމާ ޢަދާވާތްތެރިންގެ ކިބައިން ސަލާމަތްވުމަށްވެސް ކުރަން އޮތް އެންމެ ރަނގަޅުކަމަކީ އެމީހުންނަށް ވެސް ތެދުމަގު ދެއްކެވުން އެދި ދުޢާކުރުމެވެ. ހެޔޮ ވިސްނުން ދެއްވެވުން އެދި ދުޢާކުރުމެވެ! ޢަދާވާތްތެރިންނަށްވެސް ނުބައި ގޮތްތައް މެދުވެރިވުމަށް އެދުމެއް ނެތެވެ. އޮތީ ހެޔޮ ދުޢާ ކުރުމެވެ! އެއިރުން އެކަމުގެ ސަވާބުވެސް ތިބާއަށް ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން 

 

މިއަދު އޮންލައިން