އަނބިދަރިންނަށް ނަމަވެސް އެހެން މީހަކަށްނަމަވެސް ކޮންމެ ސިފައެއްގަ އަނިޔާވެރިވިޔަސް އަނދިރިކަން ގަދަ ޤިޔާމަތް ދުވަހުގެ އަނދިރިކަން އެމީހަކަށް އިތުރަށް ގަދަ ވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
އަނބިދަރިންނަށް ނަމަވެސް އެހެން މީހަކަށްނަމަވެސް ކޮންމެ ސިފައެއްގަ އަނިޔާވެރިވިޔަސް އަނދިރިކަން ގަދަ ޤިޔާމަތް ދުވަހުގެ އަނދިރިކަން އެމީހަކަށް އިތުރަށް ގަދަ ވާނެ!

އަހަރެމެންގެ ތެރެއިން ބައެއް ފިރިންނަކީ ލޮލުން ކަރުނަ ހިކުމުގެ ފުރުޞަތު އެމީހުންގެ އަނބިންނަށް ނުދޭ މީހުންނެވެ. ކައިވެނި ރޫޅައިލުމުގެ ބާރު ފިރިހެނުންނަށް އޮންނާތީ ލިބޭ އަނިޔާ ކުޑަ ނަމަވެސް ކޮންމެ ދުވަހަކުވެސް ވޭނީ ކަރުނައިގެ ހިތި ރަހަ ކަރު ބުޑުގައި އިޙްޞާޞް ކުރަމުން ދިރިއުޅެން ޖެހިފައިވާ ފިރިހެނުން ވެސް މަދެއް ނޫނެވެ.

ކޮންމެހެން އަންހެން ފިރިހެން، އަނބިން، ފިރިން ކިޔުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަނިޔާވެރިވެއްޖެނަމަ އެކަންވާނީ އަނިޔާއަކަށެވެ. ވަކި ޖިންސަކަށް ނިޞްބަތްވުމަކުން އެއްވެސް ތަފާތެއް ނެތެވެ.

އަނިޔާވެރިވުމުގެ މާނައަކީ ހަމައެކަނި ތަޅައި އަނިޔާކުރުމެއް ނޫނެވެ. އިންޞާފުން ބޭރުން ކުރެވޭ ކޮންމެ ކަމެކެވެ. އެނގޭހެއްޔެވެ؟ މީހެއްގެ މައްޗަށް ހަސަދަވެރިކަން ބާއްވައި ދިގުލައި ދަންމަމުން ގެންދިއުމަކީ އަނިޔާވެރިވުމެވެ.

އެންމެ ކުޑަމިނުން އެންމެ އާދައިގެ މަދަނީ މައްސަލަތަކުގައިވެސް ، އަދި ވަރިކައިވެނީގެ މައްސަލައެއްގައި ނަމަވެސް ޝަރުޢީ ކޯޓަކަށް ވަންނަން ޖެހިއްޖެނަމަ އެކަމެއް އަދުލުވެރިކަމާއިއެކު ނިމޭނެ ކަމުގެ އުންމީދު އެއްވެސް މީހަކަށް ނެތްއިރު މުޖުތަމައު ތަކުގައި އަނިޔާވެރިކަން ފެތުރިފައިވާ މިންވަރު ނިކަން ދެކިބަލާށެވެ!

އަމިއްލަ ގެދޮރަށް ބަލައިފިނަމަ އަނބިދަރިންނަށާއި ފިރިންނަށް އިންޞާފުވެރިވެވޭ ހެއްޔެވެ؟ މައިންބަފައިންނަށް އިންޞާފުވެރި ވެވޭ ހެއްޔެވެ؟ ދުރުމީހުންގެ އިތުރުން އަމިއްލަ ޢާއިލާތަކުގެ ތެރޭގައި ހަސަދަވެރިކަން ނެތް ހެއްޔެވެ؟

ޤިޔާމަތް ދުވަހުގެ އަނދިރިކަން ވަނީ ދުނިޔޭގައި އެމީހަކު އަނިޔާވެރިވި މިންވަރެއްގެ މައްޗަށް ކަމަށް ބުނެވިދާނެއެވެ. އަދި މިއަދު ދުނިޔޭގައި އަނިޔާވެރިވުމަކީ އާޚީރަތް ދުވަހު އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހޭނެ ސަބަބެއް ކަމަށް ވެސް ބުނެވިދާނެއެވެ. މި ބަޔާންކުރާ ޙަދީޘްފުޅުގެ ޢަލީގަވެ.

Prophet (ﷺ) said: Be on your guard against committing oppression, it is a darkness on the Day of Resurrection, be on ur guard against stinginess, it destroyed those who were b4 u, as it incited them to shed blood and make lawful what was unlawful for them. Sahih Muslim 2578

މިފަދަ ޙަދިޘްފުޅުތަކުން މިކަންކަން ވަރަށް ސާފުކޮށް މިހިރީ އެނގޭށެވެ. ނަމަވެސް ހިތާމައަކީ އަހަރެމެންނަށް ބަލައި ވިސްނަވެސް ނުލެވޭ ކަމެވެ!

މިޙަދީޘްފުޅުން އެނގިގެންދާ ދެވަނަ ކަމަކީ ދަހިވެތި ކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަމެވެ. ދަހިވެތިކަން ބޮޑުވުމުން ކުރީގެ އުންމަތްތައް ނެތި ނުކުރެއްވެވިކަމާއި ލޭ އޮހޮރުވުމަކީ ޙަރާމް ކުރައްވަވާފައިވީ ކަމެއް ނަމަވެސް ދަހިވެތިކަން ބޮޑުވުމުގެ ސަބަބުން ލޭ އޮހޮރުވިކަމަށެވެ.

ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތް ޙަދީޘްފުޅުތަކުންނާއި ކީރިތި ޤުރްއާނުގެ އާޔަތްތަކުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. މިޙަދީޘްގައި މިވަނީވެސް މުހިންމު ވާހަކަތަކެކެވެ. ކޮންމެ ސިފައެއްގައި ނަމަވެސް އަނިޔާވެރިވުމާއި ދަހިވެތިކަމުގެ ހުރި ނުބައި ކަމެވެ. ބަލައިގަނެ އެކަންކަމުން ސަލާމަތް ވެވޭނީ އެކަމަށް އެދި އެމީހަކު މަސައްކަތްކުރުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން