މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހާގެ ނުބައިވާހަކަދެއްކުން ކަމަށް ވިދާޅުވެ ޙަސަނުލް ބަސްރީ ދެއްވެވީ އަގުބޮޑު ހަދިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހާގެ ނުބައިވާހަކަދެއްކުން ކަމަށް ވިދާޅުވެ ޙަސަނުލް ބަސްރީ ދެއްވެވީ އަގުބޮޑު ހަދިޔާއެއް!

އެއްދުވަހަކު އިމާމް ޙަސަނުލް ބަޞަރީގެ ގާތަށް މީހަކު އައިސް ދެންނެވިއެވެ. 

"މިވެނި މީހަކު ކަލޭގެފާނުގެ ނުބައިވާހަކަ ވަރަށް ގިނައިން އެބަދައްކައެވެ. "

އެހިނދު ޙަސަނުލް ބަޞަރީ ކަންތައް ކުރެއްވި ގޮތަކީ ބާޒާރަށް ވަޑައިގެން އެންމެ އަގުބޮޑު ކަދުރު ޓުކުރިއެއް ބައްލަވައިގަތެވެ.

ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ. 

"ތިބާ ތިމަންނާދެކެ ރުޅިއަރާވަރުން ތިމަންނާގެ ނުބައި ވާހަކަ ދައްކާދިނުމުގެ ސަބަބުން ތިމަންނާއަށް ހާދަބޮޑު ފައިދާއެއް ކުރެއެވެ. އެގޮތަކީ ތިބާގެ ހެޔޮކަންތައް ބަދަލުވަނީ ތިމަންނާއަށެވެ. އަދި ތިބާގެ ހެޔޮކަންތައް ހުސްވެއްޖެނަމަ ތިމަންނާގެ ފާފަތައް ތިބާއަށެވެ. މިޔަށްވުރެ ބޮޑު ހެޔޮކަމެއް މީހަކަށް ކޮށްދެވޭނެ ހެއްޔެވެ؟"

މިއަދު އޮންލައިން