"ވެރީންގެ ޒިންމާއެއް މުޖުތަމަޢުގެ އަޚްލާޤިއްޔާތު ނެގެހެއްޓުން... އެކަން ކުރެވޭނީ، ހަޑިމުޑުދާރު ފާޙިޝްކަންކަމާއި، އަޚްލާޤިއްޔާތު ފޫއަޅުވައިލާ ހުރިހާ ޢަމަލަކާ ދެކޮޅަށް ފިޔަވަޅު އަޅައިގެން... އެކަންކަމާ އަޅައިނުލައި ދޫކޮށްލުމުން މުޅި މުޖުތަމަޢު ވާނީ ހަލާކު..."
- ޝައިޚް ޝަފީޢު ޢަބްދުﷲ
"އެއްޖިންސުން ގުޅުންހިންގުމަކީ އިސްލާމް ދީނުގައި ނަހީކުރައްވަވާފައިވާ ބޮޑު ފާފައެއް. އެފަދަ ކަންކަންކުރާ ފަރާތްތަކަށް ޝަރުޢީ ޙައްދު ޤާއިމުކުރުމަކީ މުޅި މުޖުތަމައުއަށް ރައްކައުތެރިކަން ކަށަވަރުވާނެ ކަމެއް."
- ޝައިޚް މުޖުތަބާ ޙަމީދު
އެއްޖިންސުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ބޮޑު ފާފައެއް. އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ޝަރުޢީ ހައްދު ޤާއިމުކުރުމަކީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުވާނެކަމެއް.
— Naseyhai (@naseyhaiMV) June 26, 2022
~އައްޝައިޚް މުޖުތަބާ ޙަމީދު (حفظه الله) pic.twitter.com/00GL9igzsC
ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ.
"ގުނަވަނެއް ހަލާކުވެ އަދި އޭގެ ސަބަބުން އެހެން ގުނަވަންތަކަށް އަޘަރުކޮށްފާނެނަމަ އެގުނަވަނެއް ބުރިކޮށްލާ, ހަމައެގޮތަށް މުޖްތަމަޢުގެ އަޚްލާޤީ ފޭރާން ވީދިގެންދާފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގާ މީހުންނާއި މެދު ފިޔަވަޅު ނޭޅި ލަސްވެއްޖެނަމަ މުޅި މުޖްތަމަޢަށް ނުރަގަޅު އަޘަރު ކުރާނެ."
"އެންމެ އަންބަކުން ތިމާގެ ޖިންސީ ޣަރީޒާ ނުފުދޭނަމަ އިތުރު އަންބަކާ ކައިވެނި ކުރާށެވެ. ތަނަވަސްކަންނެތްނަމަ ރޯދަ ހިފައިގެން ކެތްތެރިކަން ހޯދާށެވެ. ޝަރީޢަތާއި ފިޠްރަތުން ބޭރުން އެކަން ހަމަޖައްސަން ނުވިސްނާށެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް