ދަރިން ދެއްވެވުން އެދި ދުޢާކުރާ ފަދައިން އެއްދާންކުރުމުގެ ކުރިންވެސް ދުޢާކުރާށެވެ! ކުރެވިދާނެ ބައެއް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ދަރިން ދެއްވެވުން އެދި ދުޢާކުރާ ފަދައިން އެއްދާންކުރުމުގެ ކުރިންވެސް ދުޢާކުރާށެވެ! ކުރެވިދާނެ ބައެއް ދުޢާ-

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا الفرقان: ٧٤

އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހް! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ﷲ އަށް ބިރުވެތިވާމީހުންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާދޭނވެ. 

رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ- آل عمران: ٣٨

އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! އިބަރަސްކަލާނގެ ޙަޟްރަތުން ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ. 

رَبِّ هَبْ لِي مِنَ الصَّالِحِينَالصافات: ١٠٠

އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ! 

رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ- الأنبياء: ٨٩

އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މި އަޅާއަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ 

އެއްދާންކުރުމުގެ ކުރިން ކިޔާދުޢާ 

"بِسْمِ اللهِ. اَللَّهُمَّ جَنِّبْناَ الشَّيْطاَنَ وَجَنِّبِ الشَّيْطاَنَ ماَ رَزَقْتَناَ" (رواه البخاري ومسلم)

"ގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ!" (ރިވާކުރެއްވީ ބުޚާރީ އާއި މުސްލިމް)

 

އައްޝައިޚު މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

 

 

މިއަދު އޮންލައިން