ރަނގަޅު ޢާއިލާއެއް ބިނާކުރުމަށް ޢާއިލާ އާއިއެކު ގިނަ ވަގުތު ހޭދަކުރުމުން ލޯތްބާ ގާތްކަން އިތުރުވެގެންދެއެވެ!: ޝައިޚް ޢަލީ ޒާހިރު

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 48ސ
ރަނގަޅު ޢާއިލާއެއް ބިނާކުރުމަށް ޢާއިލާ އާއިއެކު ގިނަ ވަގުތު ހޭދަކުރުމުން ލޯތްބާ ގާތްކަން އިތުރުވެގެންދެއެވެ!: ޝައިޚް ޢަލީ ޒާހިރު

"ޗުއްޓީ ދުވަސްތަކަކީ ޢާއިލާ އާއިއެކު ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ރަނގަޅު ޢާއިލާއެއް ބިނާކުރުމަށްޓައި ޢާއިލާގެ ފަރުދުންނާއިއެކު ގިނަ ވަގުތު ހޭދަކުރާށެވެ! އެކަމުގެ ސަބަބުން ލޯތްބާއި ގާތްކަން އިތުރުވެގެންދެއެވެ." ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް 

މިއަހަރުގެ ސްކޫލްތަކުގެ އަހަރީ ޗުއްޓީ  އާއި ބޮޑުޢީދުގެ ބަންދުވެސް ފެށެނީއެވެ. ތަފާތު އުމުރުގެ ދަރިން ތިބުމުން އަހަރުގެ ދުވަސްތަކުގައި ހުރިހާ ކުދިން އެކުގައި ގޭގައި ތިބެން ލިބެނީ ވަރަށް މަދު ވަގުތުކޮޅެކެވެ. ސްކޫލަށް ނުވަތަ ޓިޔުޝަން ކްލާސްތަކަށް އަބަދުހެން ދާންޖެހިފައި އޮންނާތީއެވެ. 

ވީމާ ޝައިޚް އިލްތިމާސްކުރައްވާފައި އެވަނީ ޢާއިލާއަށް އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭ މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ދަރިންނަށް ލޯބިދީ ތަރުބިއްޔަތުކުރަން އިތުރަށް މަސައްކަތް ކުރުމަށެވެ. 

ދަރިން ގޭގައި ތިބޭ މިދުވަސްކޮޅު އެކުދިން ޤަވާއިދުން މިސްކިތަށް ގެންގޮސް ނަމާދުކުރުވައި ނަމާދަށް އަހުލުވެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

 

މިއަދު އޮންލައިން