ސުވާލު:. ދެމީހުން ދޭތެރޭގާ މައްސަލައެއް ޖެހިގެން މިއަދާހަމަޔަށް ޢާއިލާ ވަކިވެފައިވަނީ! ފިރިމީހާ އެއްވެސް ކުށެއްނެތި ގެއިން ބޭރުކޮށްފައި ވަނީ! މިކަމުގާ އިސްލާމް ދީނުގާ އޮންނަނީ ކޮންގޮތަކަށްތޯ؟
ޖަވާބު:. އަނބިމީހާއަށް ލިބިގެންވާ ޙައްޤެއްނޫން ފިރިމީހާ ގެއިން ނެރުމަކީ! ފިރިމީހާ އާއިމެދު ހިތްހަމަނުޖެހި އެކުގައި އުޅެވެން ނެތް ޙާލަތެއް ކުރިމަތިވެއްޖެނަމަ ކޯޓަށް ގޮސް ވަރިވެފަ ގެއިން ނެރެންވާނީ!
މީހެއްގެ ގެއެއްގައި އުޅޭނަމަ އެގޭގެ ވެރިފަރާތުން ފިރިމީހާޔާ ދޭތެރޭގައި ހިތްހަމަ ނުޖެހޭފަދަ ކަމެއް ފެނިގެން ފިރިމީހާޔަށް އެގެއިން ނިކުންނަން އަންގައިފި ކަމަށްވަނީނަމަ އެގެއިން ނިކުންނަންވާނެ. ނުކުމެގެން ފިރިމީހާ އޭނާގެ އަނބިމީހާގެ ގާތުގާ ފިރިމީހާ ބުނާތަނަކަށް ދިރިއުޅެން އަންނާށޭ ބުނެފިކަމަށްވަނީނަމަ އަނބިމީހާ އެކަމަށް ކިޔަމަންތެރިކަން އަދާކުރަން ޖެހޭނެ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޢާޡް ޢަބްދުއްލަޠީފް