ޤަތާދަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހު- އަވަހާރަވުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޤަތާދަތު ބިން ނުޢުމާން ރަޟިޔަﷲ ޢަންހު- އަވަހާރަވުން

ޢަލީ އިޙްޞާން ފިޜާޤް

 

قتادة بن النعمان رضى اللّـه عنــه އަވަހާރަވީ ހިޖްރައިން 23 ވަނަ އަހަރުގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 65 އަހަރުފުޅެވެ. އެކަލޭގެފާނުގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުފުޅު ކުރެއްވީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ޤަބުރުފުޅުގައި ވެޑުއްވެނީ އަބޫސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުއެވެ. އަބޫސަޢީދުލް ޚުދުރީއަކީ قتادة ގެ އެއްބަނޑުފުޅު އަޚެކެވެ. 

قتادة بن النعمان رضى اللّـه عنــه ގެ އަރިހުން ހަތް ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ޙަދީޘް ބުޚާރީގައިވެއެވެ. އިސްލާމީ ތާރީޚުގައި ވަރަށް މަޝްހޫރު ޝަޚްޞިއްޔަތެއްކަމުގައިވާ عاصم بن عمر بن قتادة بن النعمان އަކީ قتادة ގެ ކާފަދަރިކަލެކެވެ. عاصم بن عمر އަކީ ތާބިޢީ ބޭކަލެކެވެ. ވަރަށް ބޮޑު މުޙައްދިޘެކެވެ. ސީރަތުގެ ޢިލްމާއި މަޣާޒޫގައި ވަރަށް ފާހަގަކޮށްލެވޭ ބޭކަލެކެވެ. އިބްނު އިސްޙާޤު ވަރަށް ގިނަ ރިވާޔަތްތެއް ޢާޞިމުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ.

އަރަހުށި މާތްﷲ، އެ ޞަޙާބީއަށް ރުއްސުންލައްވާށިއެވެ.

 

 

މިއަދު އޮންލައިން