އަދިވެސް ބޮޑު ދައްޖާލު ފައުޅުނުވާތީ ޤިޔާމަތްވާން ވަރަށް ގިނަ ދުވަސްތަކެއް އެބައޮތް ކަމަށް ހިސާބު ޖަހަންހުއްޓާ ތިބާގެ އާޚިރަތް ދުވަސް ހަމަ މިއަދުވެސް ފެށިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަދިވެސް ބޮޑު ދައްޖާލު ފައުޅުނުވާތީ ޤިޔާމަތްވާން ވަރަށް ގިނަ ދުވަސްތަކެއް އެބައޮތް ކަމަށް ހިސާބު ޖަހަންހުއްޓާ ތިބާގެ އާޚިރަތް ދުވަސް ހަމަ މިއަދުވެސް ފެށިދާނެ!

ޤިޔާމަތްވާނެ ދުވަހެއް ބަލަން ކޮންމެ ދުވަހަކު ހިސާބުޖަހާ މީހުންމަދެއްނޫނެވެ. އެމީހުންނަށް ނުއެނގޭ ކަމަކީ އެކަމަށް ދުވަހުގެ ހުރިހާ ވަގުތެއް ހޭދަކުރިނަމަވެސް ކުރާނެ ފައިދާއެއް ނެތްކަމެވެ. މިވަރަށް މިވާހަކަތައް ދައްކާއިރުވެސް އާޚިރަތް ދުވަހެވެ ބުނެވިއްޖަ ނަމަ ގިނަ ބއަކަށް ވިސްނެނީ އެއީ ދައްޖާލު ފއުޅުވެ، ބޮޑު ދާއްބަވެސް ފައުޅުވެ މަހްދީގެފާނުވެސް ފައުޅުވެ ދުނިޔެ ނިމެން ހިނގާނެ ހުރިހާ ކަމެއް ހިނގައި ނިމި ހުޅަނގުފަރާތުން އިރުއަރާފަހުން އަންނާނެ ދުވަސް ކަމަށެވެ. 

ﷲ ތަޢާލާގެ އަމުރުފުޅަށް އިސްރާފީލްގެފާނު ތާޅަފިލި ފުމެލެއްވެވުމުން އަންނާނެ ދުވަސް ކަމަށެވެ. 

މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް އާޚިރަތް ދުވަހެއް ވެއެވެ. އެދުވަސް އަހަރެމެން އެއްވެސް މީހަކާއި ބައްދަލުވުމަކަށް ކުރިން މިބަޔާންކުރި އެއްވެސް ކަމެއ ހިނގާނެ ދުވަސް ބައްދަލެއް ނުކުރާނެއެވެ! އެހެނީ މިއަދު ދުނިޔޭގައި މިތިބަ އެއްވެސް މީހަކަށް މި ބަޔާންކުރި އެއްވެސް ކަމެއް ފެންނާނެ ކަމުގެ އެއްވެސް ޢަލާމާތެއް އަދި ފެނިފައި ނުވާތީއެވެ! 

ނަމަވެސް އެމީހަކު މަރުވުމުން އެވަގުތުން ފެށިގެން އެވަނީ އެމީހާގެ ޢާޚިރަތް ދުވަސް ނިމިފައެވެ. އެމީހާގެ ހަށިގަނޑުން ފުރާނަ ނެރުއްވަވާ ވަގުތުން ފެށިގެން އެވަނީ އެމީހާގެ ޢާޚިރަތް ދުވަސް ފެށިފައެވެ. 

ވީމާ ހިތްމައްޗަށް އަބަދުވެސް ގެންނަންވީ ރަސޫލް () ގެ ޙަދީޘްފުޅެވެ. ޤިޔާމަތް ދުވަސް އަންނާނީ ކޮން ވަގުތަކުތޯ ސުވާލު ކުރެއްވެވި ޞަޙާބީ އާއި ރަސޫލް () ކުރެއްވެވި ސުވާލެވެ. "އެދުވަހަށްޓަކައި ތިބާ ތައްޔާރުކުރީ ކޮން އެއްޗެއްތޯ" ކުރެއްވެވި ސުވާލެވެ! 

މީސްތަކުންނޭވެ! ކޮންމެ ވަގުތަކުވެސް އެމީހެއްގެ އާޚިރަތް ދުވަސް އައިސް އެމީހަކާއި ބައްދަލުކޮށްފާނެއެވެ! އޮތީ ފުރިހަމައަށް ތައްޔާރުވެގެން ހުރުމެވެ! އެކަމަށް ތައްޔާރަށް ނުވެ ހުރުމަކީ އާޚިރަތް ދުވަހަށް ބިރު ނުގަންނަ ކަމުގެ ހެއްކެކެވެ! ވީމާ އެފަދަ މީހަކަށް ނުވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން