އަޅުގަނޑުގެ ކުޑަދަރިފުޅުގެ ސިކުނޑިއަށް ފިޓްޖެހުމުން ޝިފާއަށް އެދި އޮޕަރޭޝަންކުރަން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދިކުރާ އާދޭސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
އަޅުގަނޑުގެ ކުޑަދަރިފުޅުގެ ސިކުނޑިއަށް ފިޓްޖެހުމުން ޝިފާއަށް އެދި އޮޕަރޭޝަންކުރަން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދިކުރާ އާދޭސް

އަޅުގަނޑުގެ ދަރިފުޅު ހުޒައިލް ބިން ހޫދު ޢަބްދުލްޣަފޫރަކީ ޢުމުރުން 4 އަަހރުން ފެށިގެން ފިޓްޖެހެމުން އަންނަ ކުއްޖެކެވެ. ރާއްޖެއިން ފަރުވާ ނުކުރެވޭތީ އެކި ފަހަރުމަތިން އިންޑިއާއިން ފަރުވާކުރަމުން އައިސް މިހާރު މަސައްކަތްކުރަމުން މިގެންދަނީ ޝިފާ ލިބިދާނެ ކަމުގެ އުންމީދުގައި ކުރަންޖެހޭ އޮޕަރޭޝަނެއް ކުރަން އިންޑިއާއަށް ދިއުމަށެވެ. 

އަޅުގަނޑުގެ ދަރިފުޅަށް ފިޓްޖެހެންފެށީ ބޭރުން ނުއެނގި ސިކުނޑިއަށް ބާރުބޮޑުވާގޮތަށެވެ. ނަމަވެސް މިހާރު މުޅި ހަށިގަނޑަށް އެކަމުގެ އަސަރުކުރާތީ ނުރައްކާތެރިކަން އަންނަނީ އިތުރަށް ބޮޑުވަމުންނެވެ. ދަރިފުޅަށް ކުރިންވެސް ފަރުވާކުރެވުނީ އާސަންދައިގެ އިތުރުން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމާއިއެކުގައެވެ. 

ވީމާ ދަރިފުޅުގެ އޮޕަރޭޝަންކުރަން ގޮސްތިބޭއިރު އަމިއްލައަށް ގިނަ ޚަރަދުތަކެއް ކުރަންޖެހޭތީ އެކަން އަމިއްލައަށް ކުރާނެ ތަނަވަސްކަން ނެތުމުން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދެމެވެ! 

އެހީތެރިވެދެއްވުމަށް: 

7730000221369 Wafa Abdullah Kuhjjaa Ge Mammma

Gulheyyne Number 9486803

މިއަދު އޮންލައިން