ކުރިމަތިވަމުން މިދާ ކަންކަމުގަ ފިޔަވަޅު ނާޅައިފިނަމަ ވާނެ ގޮތް ތަޙްޤީޤީ، އިންޞާފު ޤާއިމުކުރަން ހުރި މުއައްސަސާތަކަށް ރަނގަޅަށް އެނގޭނެ!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކުރިމަތިވަމުން މިދާ ކަންކަމުގަ ފިޔަވަޅު ނާޅައިފިނަމަ ވާނެ ގޮތް ތަޙްޤީޤީ، އިންޞާފު ޤާއިމުކުރަން ހުރި މުއައްސަސާތަކަށް ރަނގަޅަށް އެނގޭނެ!: ޤާސިމް

ރާއްޖޭގައި މިހާރު ކުރިމަތިވަމުން މިދާ ދީނަށް ފުރައްސާރަކުރުމާއި މުންކަރާތްތައް ހިންގުމުގެ މައްސަލަތައް ރަނގަޅަށް ތަޙްޤީޤްކޮށް އިންޞާފުން މައްސަލަތަކަށް ޙުކުމް ނުކުރެވިއްޖެނަމަ ވާނެ ގޮތް ތަޙްޤީޤީ އަދި އިންޞާފު ޤާއިމުކުރަން ހުރި މުއައްސަސާތަކަށް ރަނގަޅަށް އެނގޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެޕާޓީން "ތައްޔާރު"ގެ ނަމުގައި މިރޭ އެޕާޓީގެ މައި ޖަގަހަ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ މުއައްސަސާތައް ހިންގަވްން މިހާރު އިސްވެ ތިއްބެވީ ކިޔަވައިގެން ތިބި ޤާބިލް މީހުންކަމަށާއި މިކަންކަން އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ޢާންމުވެގެން މިއެޅެނީ ވަރަށް ބޮޑެތި މުންކަރާތްތަކެއް ކަމާއި ވަކިމީހަކުވެގެން މައްސަލަތައް ނުބަލައި ދޫކޮށްލީމާ ވާނެގޮތް އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. 

ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް މަތިވެރިކޮށް ނެގެހެއްޓުމަށް ﷲ ގަންދީ ހުވާކޮށްގެން ހުރި މީހަކު މިމައްސަލަތަކުގައި ތަފާތުކުލަތައް ޖައްސައި މައްސަލަ ބަލައި އިންބާފު ޤާއިމުކުރަން ހުރަސް ނާޅާނެކަންވެސް ޤާސިމް އިބްރާހީމް ފާހަަގކުރެއްވިއެވެ. 

ރާއްޖެއަށް މިހާރުކުރިމަތިވަމުން މިއަންނަ މިބާވަތުގެ މައްސަލަތައް ޙައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ މުއައްސަސާތަކުން ފަސްނުޖެހޭނެކަން ޔަޤީންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން