އިޤްޠިޞާދީގޮތުން ކުރިއަރާދިއަ ޤައުމުތަކަށް ކުރިއަރާދެވުނީ ވިސްނުންތޫނު އިޚްލާޞްތެރިވެރިންގެ މަސައްކަތުން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އިޤްޠިޞާދީގޮތުން ކުރިއަރާދިއަ ޤައުމުތަކަށް ކުރިއަރާދެވުނީ ވިސްނުންތޫނު އިޚްލާޞްތެރިވެރިންގެ މަސައްކަތުން: ޤާސިމް

ދުނިޔޭގައި ތަރައްޤީވެ އިޤްޠިޞާދީގޮތުން ކުރިއަރާގޮސްފައިވާ ޤައުމުތަކަށް ކުރިއަރާދެވުނީ ވިސްތޫނު އިޚްލާޞްތެރިވެރިންގެ މަސައްކަތުން ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެޕާޓީން މިރޭ ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ސިންގަޕޫރާއި ދުބާއީ ކުރިއަރާދިއައީ ވެރިންގެ ވިސްނުން ތޫނިވެފައި އެމީހުންގެ އިޚްލާޞްތެރިމަސައްކަތުން ކަމަށެވެ. ދުރަށް ވިސްނައިގެން ކަންކަން ކުރުމުގެ ޤާބިލުކަން އެލީޑަރުންގެ ކިބައިގައި ހުރުމުން ކަމަށެވެ. 

"ޔޫއޭއީއަށް ބަލައިފިނަމަ އަބޫދާބީ އަސްވުރެ މާބޮޑަށް ދުބާއީ ކުރިއަރާގޮސްފައިވަނީ މިސަބަބުން." 

ޤާސިމް އިބްރާހީމް ވިދާޅުވީ ސްރީލަންކާއަކީ ޤުދްރަތީ ވަސީލަތްތަކުން މުއްސަނދި ޤައުމެއް ކަމަށާއި މިހާރު އެއޮތް ޙާލަތަށް ވެއްޓެންޖެހެންވީ ޤައުމެއް ނޫން ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިޤްޠިޞާދު ރަނގަޅު ކުރެއްވުމަށް ރައީސް ޞާލިޙް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން