މާދަމާ ޙައްޖުމަސް ފެށެނީ! ރޯދަ ޤަޟާކުރަންހުރި މީހުންނަށް އެއްދޮނުގަ ދެބުޅި ޖަހާލަން ރަނުގެ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މާދަމާ ޙައްޖުމަސް ފެށެނީ! ރޯދަ ޤަޟާކުރަންހުރި މީހުންނަށް އެއްދޮނުގަ ދެބުޅި ޖަހާލަން ރަނުގެ ފުރުޞަތެއް!

މިއަހަރުގެ ޙައްޖުމަސް މާދަމާ (30 ޖޫންގައި) ފެށެނީއެވެ. 

"ރޯދަ ޤަޟާކުރަން ޖެހޭ މީހަކު ޤަޟާ ރޯދައިގެ ނިޔަތުގައި ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރޯދަ ހިފިދާނެ. އޭރުން ޤަޟާ ރޯދައިގެ ޘަވާބުވެސް އަދި ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރޯދަ ހިފުމުގެ ޘަވާބުވެސް ލިބޭނެ އިން ޝާ ﷲ"

- ޝައިޚް މުޙައްމަދު ޝާފިޢު

ޝައިޚްގެ މިބަސްފުޅަކީ ތަފާތު ސަބަބުތަޚާއިހުރެ ރޯދަ ޤަޟާކުރަންޖެހިފައި ތިބި މީހުންނަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ. ޤަޟާކުރަންޖެހޭ ރޯދަ ހިފާލުމުން ޤަޟާވެސް ކުރެވުނީއެވެ. ސުންނަތް ރޯދަތައްވެސް ހިފުނީއެވެ. 

ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ރޯދަ ހިފުން ސުންނަތްވެގެންވާ ހޯމް، ބުރާސްފަތި، ހަނދުމަހުގެ 13،14،15 3 ދުވަހު ޤަޟާ ރޯދަ ހިފިނަމަވެސް 2 ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ އަދި އެގޮތަށް ރޯދަހިފަން ފެށުމަކީ ސުންނަތް ރޯދަހިފަން ފަށަން ހިތްވަރުލިބޭވެސް ކަމެކެވެ.

މިއަދު އޮންލައިން