އަޅުކަމުގަ ސާބިތުވެ ހުރި، އުމުރުން ހަތްދިހަ އަހަރާ ކައިރިވާއިރު ފުރިހަމަ ޞިއްޙަތެއްގަ ހުރެވުނު މީހެއްގެ އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަޅުކަމުގަ ސާބިތުވެ ހުރި، އުމުރުން ހަތްދިހަ އަހަރާ ކައިރިވާއިރު ފުރިހަމަ ޞިއްޙަތެއްގަ ހުރެވުނު މީހެއްގެ އިޙްޞާޞްތައް-

އަހަރެން ބައްޕައެއްހައި ލޯބިވާ އަދި އިޙްތިރާމް ކުރާ މީހަކު ޤައުމަށް އައިސް ބައްދަލުކުރަން ބުނުމުން އަހަރެން ދިއައިމެވެ. ގޮސް ވަދެވުނު ވަގުތަކީ މެންދުރު ނަމާދަށް ބަންގި ގޮވި ވަގުތެވެ. ސަލާމްކޮށްލާފައި އަހަރެން ބުނީ މިދަނީ މިސްކިތަށް ކަމަށެވެ. 

އެވަގުތު އޭނާގެ ޙާލުގެ ވާހަކަކިޔައިދީފައި ާއަހަރެންގެ ހާލުގެ ވާހަކައިން އޭނާ ސުވާލުކުރިއެވެ. އަހަރެން ބުނީމެވެ. ދެ މީހުން ދާދި އެއް އުމުރު ނަމަވެސް ޙާލު ވަރަށް ތަފާތެވެ. އަހަރެންގެ ގައަކު ހަކުރެއް ނެތެވެ. ލޭ މައްޗަކަށް ނުދެއެވެ. އެހެންވެސް ބޮޑު ބައްޔެއް ނެތެވެ. އެހެންވެ އެއްވެސް ބޭހެއް ނުކަމެވެ. 

އޭނާއަކީ ވެސް އަހަރެންނާއި ދާދި އެއް އުމުރުގެ މީހެކެވެ. ބޮޑު މަހުޖަނެކެވެ. އިންސުލިން ޖަހައެވެ. ކޮންމެ ދުވަހަކު އެތައް ބައިވަރު ބޭހެއް ކައެވެ. އެހެންވެ އަހަރެން ބުނީމެވެ. "އަޚާއެވެ. ދެމީހުންގެ ތަފާތަކީ މިއެވެ. އަޚާ ނަމާދެއް ނުކުރެއެވެ. އެއްވެސް ޙެޔޮ އަމަލެއް ނުކުރެއެވެ. ޙަރާމް ކުރެއްވެވި ހުރިހާ ކަމެއް އެބަ ކުރެއެވެ. އަހަރެން އެފަދަ އެއްވެސް ކަމެއް ނުކުރަމެވެ. ބަރާބަރަށް ނަމާދުކުރަމެވެ." 

އޭނާއަށް ލިބުނީ ސިހުމެކެވެ. އެހިސާބުން އިތުރަށް މަޑެއް ނުކުރަމެވެ. އަވަހަށް ދިއައީ މިސްކިތަށެވެ.  

އަހަރެންވެސް ޤަބޫލުކުރަމެވެ. ކިތަންމެ ތަޤްވާވެރި ނަމަވެސް ބަލިވެސް ވާނެއެވެ! ބޭސްކާންވެސް ޖެހޭނެއެވެ. އެއީ ވެސް ﷲ ތަޢާލާ ކުރިމަތި ކުރައްވަވާ އިމްތިހާނެކެވެ. ކިތަންމެ ބަލި ނަމަވެސް ބޭސްކާން ޖެހުނު ނަމަވެސް ނަމާދުކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅޭ މިހާ އާއި ނޫޅޭ މީހާގެ މެދުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެއެވެ! އެއީ ހަމަ ވަރަށް ބޮޑަށް ޔަޤީންކަމެކެވެ. 

އަހަރެން ދަންނަ ވަރަށް ގިނަ މީހުންގެ ކިބައިން މިކަން ކަށަވަރުކޮށްފީމެވެ. މިސާލަކަށް ހަމަ މިދިއަ ރޯދަމަހު ދިމާވިކަމެއް ޙިއްޞާކޮށްލާނަމެވެ. 

އެއީ ހަކުރުދަށަށްދާ މީހެކެވެ. ވަރުބަލިވެ ހަކަތަ ހުސް ތެދުވެ ނުއުޅެވޭވަރުވާ މީހެކެވެ. ކުއްލިކުއްލިއަށް އެކަންމެދުވެރިވާތީ އޭނާ އުޅެނީ ހަކުރުގެ ލެވެލް ފޯނުނަ ބަލައިލެވޭނެފަދަ ޕެޗެއްވެސް ގައިގައި ހަރުކޮށްގެންނެވެ. 

އޭނާބުނީ ރޯދަހިފުން ޑޮކްޓަރުން އޭނާއަށް މަނާކޮށްފައިވީނަމަވެސް ރޯދަހިފާކަމަށެވެ. ޢަޞްރުގެ ފަހުން ޖެހެނީ ތަނެއްގައި އިށީނދެގެން އިންނަން ކަމަށެވެ. ތެދުވެ ޙަރަކާތްތެރިވާނަމަ އެނބުރުން އަރާތީއެވެ. އެޙާލުގައި ރޯދަހިފުން ޑޮކްޓަރުން މަނާކޮށްފައިވީނަމަވެސް މިއީ އޭނާއާއި ބައްދަލުވާ އެންމެ ފަހުގެ ރޯދަމަސްކަމަށްވެސް ވެދާނެތީ ހިތްވަރުކޮށްފައި ރޯދަހިފުމުން އިތުރު ހިތްވަރު ލިބުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް ނުރައްކަލަކާއި ކުރިމަތިނުލައި ރޯދަމަސް ނިންމައިލެވުނު ކަމަށެވެ.  

 

- މިއީ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން