ލިވާޠުކުރާ މީހުންނާއި އެނުބައި ޢަމަލުކުރާ މީހުން ދފާޢުކުރާ މީހުންނާއި ދީނަށް ފުރައްސާރަކުރާ މީހުންނާއިމެދު ﷲ ގެ މަގުގައި ފިޔަވަޅުއަޅަންޖެހޭ ދިވެހި ދައުލަތުގެ މުއައްސަސާތަކުން ޢަމަލުކުރަމުން އަންނަ ދޯހަޅި، އެއްވެސް ހަރުދަނާ ކަމެއް ނެތް ގޮތާއިމެދު ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.
"ވީޑިޔޯ ފުޓޭޖްގެ މައްޗަށް ބިނާކޮށްކަމަށްވިޔަސް ލިވާތު ކުރާމީހުންނާއި އެމީހުން ދިފާޢުކުރާ މީހުންނަށް ވަރުގަދަ ތަޢުޒީރީ އަދަބުދީގެންނޫނީ ގައުމު ސަލާމަތްވާކަށްނެތް މުއައްސަސާތައްވެސް ހިނގަނީ މިމައްސަލާތަކުގައި ވ ވިޔާނުދާކޮށް! މިހާތަނަށް ދީނަށް ފުރައްސާރަކުރި އެތައްބަޔަކަށްލުއިދީފި!"
- ޝައިޚް ޢަލީ ޒައިދު
އެފަދަ މުޖްރިމުންނަށް އަދަބު ނުދެވި ލަސްވުމަކީ މުޖްތަމަޢަށް ހުރި ނުރައްކަލެއް. https://t.co/8gNf6zuxr1
— Dr.Mohamed Iyaz (@dr_iyaz) June 29, 2022