ކުޑަކުދިންގެ ބޯކޮށާއިރު ބޮލުގެ ބައެއް ބާލާފަ އަނެއްބައިގަ އިސްތަށި ބެހެއްޓުން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުޑަކުދިންގެ ބޯކޮށާއިރު ބޮލުގެ ބައެއް ބާލާފަ އަނެއްބައިގަ އިސްތަށި ބެހެއްޓުން ހުއްދަވާނެތޯ؟

ސްކޫލްތައް ބަންދުވުމުން ސްކޫލަށް ގެންދަން ނުޖެހޭތީ ބައެއްމ ބެލެނިވެރިން ދަރިންގެ ބޯ އެކި ފެޝަންތަކަށް ކޮށައެވެ. އަޅުގަނޑުގެ ސުވާލަކީ ކުޑަކުދިންގެ ބޯކޮށާއިރު ބޮލުގެ ބައެއް ބާލާފަ އަނެއްބައިގަ އިސްތަށި ބެހެއްޓުން ހުއްދަވާނެތޯ؟

ކިޔުންތެރިޔާގެ ތިއަ ސުވާލަށް ޑރ. ޢަލީ ޒާހިރުބިން ސަޢީދު ޤާސިމްވަނީ ވަރަށް ފުރިހަމަ ޖަވާބެއް ދެއްވައިފައެވެ.

"ޗުއްޓީ ދުވަސްވަރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އިސްތަށި ގަނޑުގަ އެކި ކަހަލަ ކުލަ ޖައްސައި އެކި ކަހަލަ ފެޝަންތަކަށް އިސްތަށިގަނޑު ކޮށުވުމަކީ ރަނގަޅު ތަރުބިއްޔަތެއް ނޫނެވެ.

ބޮލުގެ ބައެއް ބާލާފައި އަނެއްބައި ބެހެއްޓުން ދީނުގައި ހުއްދައެއް ނޫނެވެ!" –

 

--ޑރ. ޢަލީ ޒާހިރު ބިން ސައީދު ޤާސިމް

ޝައިޚްގެ ބަސްފުޅުން އެނގިގެންދަނީ ޗުއްޓީ ދުވަސްވަރުގައި ނަމަވެސް އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރުމުން ދަރިންނަށް އޮޅުންތަކެއް އަރާނެ ކަމާއި އެއީ ދަރިންނަށް ދެވޭ ވަރަށް ނުރަނގަޅު ތަރުބިއްޔަތެއް ކަމެވެ.

ވީމާ މިފަދަ ކަންކަމަކީ ހުރިހާ ބެލެނިވެރިންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ. ހަމައެކަނި މކުޑަކުދިންގެއެއް ނޫނެވެ. ބޮޑެތި މީހުންނަށްވެސް އޮތީ ހަމަ މިގޮތެވެ.

 

މިއަދު އޮންލައިން