ޢަރަފާތު ދުވަހާ އެދުވަސް އެންމެ މާތް ދުވަހަށްވާ ސަބަބުތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 45ސ
ޢަރަފާތު ދުވަހާ އެދުވަސް އެންމެ މާތް ދުވަހަށްވާ ސަބަބުތައް

ޢަރަފާތް ދުވަހަކީ ކޮބާ ހެއްޔެވެ؟ އެދުވަސް މާތްވީ ކީއްވެގެން ހެއްޔެވެ؟ 

- ޢަރަފާތް ދުވަހަކީ ކޮންމެ އަހަރަކުވެސް ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ.

- އެދުވަހަކީ ވަރަށް ގިނަ ހެޔޮކަން ޖަމާވެފައިވާ ދުވަހެކެވެ. 

އެދުވަހުގެ މާތްކަމުގެ ތެރޭގައީ: 

ހ-  އެދުވަހަކީ ދީން ފުރިހަމަކުރެއްވި ދުވަހެވެ. 

ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. 

أَنَّ رَجُلًا، مِنَ اليَهُودِ قَالَ لَهُ: يَا أَمِيرَ المُؤْمِنِينَ، آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا، لَوْ عَلَيْنَا مَعْشَرَ اليَهُودِ نَزَلَتْ، لاَتَّخَذْنَا ذَلِكَ اليَوْمَ عِيدًا.

قَالَ: أَيُّ آيَةٍ؟

قَالَ: {اليَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا} [المائدة: 3]

قَالَ عُمَرُ: «قَدْ عَرَفْنَا ذَلِكَ اليَوْمَ، وَالمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ» [رواه البخاري في صحيحه برقم: (45)] 

މާނައީ: ހަމަކަށަވަރުން ޔަހޫދީންގެ މީހަކު ޢުމަރުގެފާނަށް ދެންނެވިއެވެ. "އޭ މުއުމިނުންގެ އަމީރެވެ. ތިޔަބޭކަލުންގެ ފޮތުން (އެބަހީ: ޤުރުއާނުން) ކިޔަވައި އުޅޭ އާޔަތެއް ވެއެވެ. އެއާޔަތް ތިމަންމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެ އާޔަތް ބާވައިލެއްވުނު ދުވަހަކީ ޢީދުދުވަހެއްކަމުގައި އަހަރުމެން ހެދީމުއެވެ."

އެކަލޭގެފާނު ވިދާޅުވިއެވެ. "އެއީ ކޮން އާޔަތެއް ހެއްޔެވެ؟"

އޭނާ ދެންނެވިއެވެ. 

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)

މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމުދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ." 

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް އެއާޔަތް ބާވައިލެއްވުނު ތަނާއި، ދުވަސް ތިމަން ބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. އެއީ ހުކުރުދުވަހެއްގައި އެކަލޭގެފާނު ޢަރަފާތުބިމުގައި ހުންނަވަނިކޮށް ބާވައިލެއްވުނު އާޔަތެކެވެ." 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމަކުން

 

 

މިއަދު އޮންލައިން