ޢަރަފާތު ދުވަހުގެ ބައެއް ފައިދާތައް: ޢަރަފާތު ދުވަހުގައި ކުރާ ދުޢާއަކީ އެންމެ ހެޔޮ ދުޢާއެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ޢަރަފާތު ދުވަހުގެ ބައެއް ފައިދާތައް: ޢަރަފާތު ދުވަހުގައި ކުރާ ދުޢާއަކީ އެންމެ ހެޔޮ ދުޢާއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ» [رواه الترمذي برقم: (3585) وحسنه الألباني في صحيح الترغيب والترهيب برقم: (1536)]

މާނައީ: "އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ." 

ނ- ޢަރަފާތް ދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الْحَجُّ عَرَفَةُ» [رواه الترمذي برقم: (883)، والنسائي (3044)]

މާނައީ: "ޙައްޖަކީ ޢަރަފާތެވެ." 

ރ- އެދުވަހަކީ އެންމެ ގިނަ މީހުން ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. އަދި އެދުވަހުގައި ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނާ ކުއްތަންވެވޮޑިގަންނަވާނެއެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ، مِنْ يَوْمِ عَرَفَةَ، وَإِنَّهُ لَيَدْنُو، ثُمَّ يُبَاهِي بِهِمِ الْمَلَائِكَةَ، فَيَقُولُ: مَا أَرَادَ هَؤُلَاءِ؟ ” [رواه مسلم في صحيحه برقم: 436 – (1348)]

މާނައީ: "ޢަރަފާތް ދުވަހަކީ ﷲ ތަޢާލާގެ އަޅުތަކުންކުރެ އެންމެ ގިނަ މީސްތަކުން އެދުވަހެއްގައި ނަރައިން މުއްތި ކުރައްވާނެ ދުވަހެވެ. އަދި ހަމަކަށަވަރުން އެދުވަހުގައި އެއިލާހު ކުއްތަންވެވޮޑިގަންނަވާނެއެވެ. އަދި މަލާއިކަތުންގެ އަރިހުގައި ފަޚުރުވެރިވެވޮޑިގަންނަވާފައި ވަޙީކުރައްވާނެއެވެ. މިބައިމީހުން އެދެނީ ކޮންކަމެއް ހެއްޔެވެ؟" 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން