ޢަރަފާތު ދުވަހު ކުރުމަށް އެންމެ ރަނގަޅީ ކޮން ދުޢާއެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޢަރަފާތު ދުވަހު ކުރުމަށް އެންމެ ރަނގަޅީ ކޮން ދުޢާއެއް ހެއްޔެވެ؟

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» [رواه الترمذي برقم: (3585) وحسنه الألباني في صحيح الترغيب والترهيب برقم: (1536)]

މާނައީ: "އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި  ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންވެސް އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ المُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިދުޢާއެވެ."

ޙައްޖުވެރިން އެދުވަހުގައި ގިނައިން ދުޢާކުރުމަށް ސަމާލުކަންދޭން ވާނެއެވެ. އަދި އެހެނިހެން މުސްލިމުންވެސް އެދުވަހު ދުޢާކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުން އެދެވިގެންވެއެވެ. ( المغني لابن قدامة (2/2

 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން