ފިރިހެނުންނަށް ނުލިބޭނެ އެތައް ޙައްޤެއް އިސްލާމް ދީނުގައި އަންހެނުންނަށް ވަނީ ދެއްވަވައިފައެވެ.
1- އަންހެން ކުއްޖަކު އުފަންވުމުން އެއީ އޭނާގެ މައިންބަފައިންނަށް ސުވަރުގެ ލިބުމަށް ފަހިވެގެންދާ ފުރުޞަތެވެ.
2- އެ ކުއްޖާ ޢިއްފަތްތެރިކަމާއިއެކު ބޮޑުވެ ކައިވެނިކުރުމުން އިސްލާމް ކަމުގެ ދެބައިކުޅަ އެއްބައި ފުރިހަމަވީއެވެ.
3- އެ ކުއްޖާ އަންހެނަކަށްވެ މައަކަށްވުމުން (އެ ދަރިފުޅަށްޓަކައި) ސުވަރުގެ ވަނީ އޭނާގެ ފައިތިލަދަށުގައެވެ.
މިހިރީ އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވަވާފައިވާ ޚާއްޞަ ކަމެވެ. މަތިވެރި މަޤާމެވެ! ފިރިހެނުންނަށް މިއިން އެއްވެސް މަތިވެރިކަމެއް ނެތެވެ. އަދި މިކަންކަން އަންހެނުންނަށް ލިބިދީފައިވަނީ އިސްލާމް ދީން ނޫން ކޮން ދީނެއްގައި ހެއްޔެވެ؟
މީގެ އިތުރުން ކައިވެނިކުރުމުން ނަން ބަދަލުކުރަން ނުޖެހޭ، އެ އަންހެނަކު ރުހޭ މީހަކާ ނޫނީ ކައިވެނި ނުކުރެވޭނެ ދީނަކީ އިސްލާމް ދީނެވެ! މިފަދަ އެތައް ބައިވަރު ޙައްޤުތަކެއް އިސްލާމް ދީނުގައި އަންހެނުންނަށް ލިބިދީފައިވާއިރުވެސް އިސްލާމް ދީނުގައި އަންހެނުންނަށް އެއްވެސް މަޤާމެއް ނެތް ކަމަށް ދައްކާ ވާހަކަ ޤަބޫލުކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން