ދެމަފިރިންގެ މައްސަލަތަކަށާ ސިހުރާ އެސްފީނާއިން ސަލާމަތްވުމަށް ކުންނާރުފަތާ އިނގުރު ބޭނުންކޮށްގެން ރުޤްޔާކުރާނެ ގޮތް-

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 19ސ
ދެމަފިރިންގެ މައްސަލަތަކަށާ ސިހުރާ އެސްފީނާއިން ސަލާމަތްވުމަށް ކުންނާރުފަތާ އިނގުރު ބޭނުންކޮށްގެން ރުޤްޔާކުރާނެ ގޮތް-

ކުރީގައި އަޅުގަނޑު ދަންނަވައިފިން سُوْرَة اَلْفَاتِحَة ،  اَلْإخْلاَصْ،  اَلْفَلَقْ ، اَلنَّاسْ ތިންސޫރަތް ايَةُ الْكُرْسِي އަދި  قُلْ يَا أَيُّهَا الْكَافِرُونَ މީހަމަ އެއްޗެހި ވަރަށް ރަނގަޅު ވާނެކަމަށް ވާރިދުވެފައިހުރި ޙަދީޘްފުޅުތައް އެބަހުރި ، 

ދެން ހަމަ އެންމެ ބޮޑަށް ދިމާވެފައިވާ ދެމަފިރިންގެ މައްސަލަތައް ދިމާވެއްޖެއްޔާމުން އެކަހަލަކަމެއް ދިމާވެއްޖެއްޔާމުން ކުންނާރުފަތް މީ ވަރަށް ފައިދާ ބޮޑުއެއްޗެއް. ކުންނާރު ފަތުގެ ރޯ 7 (ހަތެއް) ފަތް ތަޅާފަ އެ ޗިސްކޮށްފަ މިކްސްޗަރުންވެސް، ފެން ބާލިދީއަކަށް ގިރުވާފަ އެއަށް ކިޔަވާނީ سُوْرَة اَلْفَاتِحَة ،  اَلْإخْلاَصْ،  اَلْفَلَقْ ، اَلنَّاسْ ތިންސޫރަތް ايَةُ الْكُرْسِي ، اَلْكَافِرُونَ ސޫރަތް ކިޔަވާނީ އެއަށް އެފެނަށް، ކައިރީގައި ބަހައްޓައިގެން ކިޔވާފައި ފުމޭނީ ނުވަތަ އަނގައިން ވައި  ބޭރުވާ ހިސާބުގައި ބަހައްޓައިގެން ކިޔަވާނީ. ތަކުރާރުކޮށް ތިންފަހަރު ކޮންމެ ތަނެއް ކިޔަވާފައި ދެން އެއިން ފެންވަރާނީ. އެތިކޮޅެއް އެއިން ބޯލާފަ. ފެންވަރާނީ 7 (ހަތެއް) ދުވަސް ވަންދެން. ދެމަފިރިންގެ މައްސަލަ ތަކާއި ސިހުރުގެ މައްސަލަތަކުގައި އެންމެ ފައިދާ ބޮޑު އެއްޗަކީ ކުންނާރު ފަތުގެ ފެން. 

ހަމަ އެގޮތަށް ހަމަ ހެދިދާނެ ވަރަށް ފަސޭހަ އެއްޗެއް. މިހުންނަނީނު ރޯ އިނގުރު، ރޯއިނގުރު ގާނާނީ ކެރެޓް ގާނާކަހަލަ އެއްޗަކުން ގާނާފަ، ގާނާފައި ހުންނަ ރޯ އިނގުރުގެ 7 (ހަތެއް) ސަމުސާ ރޯ އިނގުރު 2 (ދޭއް) ޖޯޑު ފެނަށް އަޅައިގެން ކައްކާނީ. ކައްކާފައި ހިހޫވީމައި އެ ފެން އެތިކޮޅެއް ބޯލާފައި، ސަމުސަލެއްވަރު ބޯލަފައި އެފެން މުޅި ގައިގައި އުނގުޅާލާނީ. ގައިގައި އުނގުޅާފައި ބަޤަރާ ސޫރަތް ޖަހައިގެން އެ ސޫރަތް އަޑުއަހަން އިންނާނީ. 

ސިހުރުގެ ކަމެއް ހުއްޓަސް އެސްފިންނާގެ ކަމެއް ހުއްޓަސް، ޖިންނި އަވަލުންކަމެއް ހުއްޓަސް، އޭނަގައިން ވަރަށް ދިލަނަގާނެ. އެހެންނޫނިއްޔާ ދިލައެއް ނުނަގާނެ. އާދައިގެ މީހަކު އުނގުޅިއަސް ނުނަގާނެ ދިލައެއް، އިނގުރަކީ ވަރަށް ފިނިއެއްޗެއްއަނެއްކާ، ތަބީޢީ ގޮތުން އެއްވެސް އެކަހަލަކަމެއް ނެތިއްޔަކާ އެ އުނގުޅައިގެން އެއްވެސް ދިލައެއް ނުނަގާނެ. އެކަމަކު އެކަހަލަކަމެއް ހުރެއްޖެއްޔާމުން ދިލަނަގާނެ. 

އެ ދިލަކެނޑުނީމައި 3 (ތިނެއް) ދުވަސް ވަންދެން ހަދާނީ. އޭނާއަށް ފަސޭހަ ގަޑިއަކު، ދެން އެ ދިލަ ހަމަ ގަދަވިއަސް އޭނާ ހަމަ އިންނާނީ. ދެން ކެތްނުކުރެވޭވަރު ވެއްޖެއްޔާ ފެންވަރާލެވިދާނެ. އެކަމުވެސް ބޭނުންވަނީ ހަމަ އިންނަން. އަނެއްދުވަހުވެސް އުނގުޅާނީ އަނެއްފަހަރުވެސް އުނގުޅާނީ އެގޮތަށްގޮސް އިނގުރު އުނގުޅީމައި ދިލަ އެއްވެސް ވަރަކަށް ދިލައިގެ އަސަރު ނެތިއްޔާ އޭގެ މާނައަކީ ﷲ އިރާދުކުރެއްވިއްޔާ އެނާ ރަނގަޅުވީއޭ. ތަޖުރިބާ މީހަމަ އަޅުގަނޑުވަރަށްގިނަ އަޚުންނާ އުޚުތުންނަށް ފަރުވާ، އަޅުގަނޑަށް ޝެއިޚެއްގެ ފަރާތުން ދަސްވީ. އަޅުގަނޑު ވަރަށް ގިނަ ބޭފުޅުންނަށް ކިޔައިދެން. އެ ހަމަވަރަށް ރަނގަޅު އެއްޗެއް އިނގޭތޯ.

- އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް    

މިއަދު އޮންލައިން