"އަޅުގަނޑަކީ ގެސްޓް ހައުސްއަކުން ދުވާލަކު 500 ރުފިޔާއަށް ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅޭ އަންހެނަކީމެވެ. އެގެސްޓް ހައުސްއިން ކޮޓަރި ކުއްޔަށް ހިފައިގެން ތިބޭ މީހުންނާ ބައްދަލުކުރަން އަންނަ ފިރިހެނުން އެމީހާ ކުއްޔަށް ހިފައިގެން ހުންނަ ކޮޓަރިއަކަށް ނުވެއްދެއެވެ. ޖެހެނީ އިތުރު ކޮޓަރިއެއް ގަޑިއަކު 100 ރުފިޔާއަށް ކުއްޔަށް ހިފާށެވެ. އެގޮތަށް ކުއްޔަށް ދޭން 2 ކޮޓަރި ދުވަހު ކުއްޔަށް ނުދީ ބަހައްޓާފައި ހުރެއެވެ.
މިކަން ބޮޑުވެގެން ބަސްޓްކޮށްލަންވެގެން ފުލުހުންނަށް ގުޅިނަމަވެސް އަންނަނީ މަދުފަހަރަކުއެވެ. އަންނަ ފަހަރަކުވެސް އައުމުގެ ކުރިން އެމީހުން އަންނަކަން އެތާ އުޅޭ ބޮންދުންނަށް އެނގޭތީ އެމީހުން ތައްޔާރުވެއެވެ. އެތަނާއި ގުޅިފައި ހުންނަ ފުލުހުންގެ ބޮޑަކު ހުންނަކަމަށް ކިޔައެވެ."
މިފަދަ ގެސްޓް ހައުސްތަކުގެ މައުލޫމާތު ވަރަށް ގިނައިން ލިބެއެވެ. ނޫހުގައިވެސް ލިޔެވެއެވެ. ނަމަވެސް މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ޤާނޫނު ތަންފީޒުކުރަން ފެށީމާ މަސްދަރު ހާމަކުރީމާ މައުލޫމާތުދޭ ފަރާތްތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިއުޅެނީ މަސްދަރަށް ބިރުދައްކައިގެން މުންކަރާތްތައް ހިންގުން އިތުރަށް ފުޅައުކުރަން ނޫންތޯއެވެ؟
މިކަންކަމަކީ ރައްޔިތުންނަށް އެނގެންޖެހޭ ކަންކަން ކަމުގައި ދެކެމެވެ.