ލިޔުމުގައިވާ ލިންކުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރިކަމާއި ބެހޭގޮތުން ބޭރުގެ ބޮޑެތި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައްއަޑު އައްސަވައިލައްވާށެވެ!
އަލްފަޖްރު ސޫރަތުގެ ދެވަނަ އާޔަތުގައި " އަދި ދިހަ ރޭ ގަންދެއްވަމެވެ." އޮތް ބަސްފުޅަކީ ޛުލްޙައްޖާ މަހުގެ ފުރަތަމަ 10 ދުވަހަށް އޮތް ބަސްފުޅެއް ކަމަށެވެ. " ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ކުރާ އަޅުކަމުގެ ޘަވާބު އިތުރުކޮށްދެއްވަވާފަދައިން ކުރާ ފާފައިގެ ޢަޛާބުވެސް ބޮޑުވާނެ!"
"މިދިހަ ދުވަހު ކުރެވޭނެ އެންމެ މަތިވެރި އަޅުކަމުގެ ތެރޭގައި ފާފަނުކުރުން ހިމެނޭ! ޚާއްޞަކޮށް އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެ! އެކަމަށް ރަސޫލާ ﷺ ވަނީ ވަރަށް ވަރުގަދައަށް އަމުރުފުޅު ކުރައްވަވާފަ! (އެކަމަށް އެދިވަޑައިގެންފަ."
"މިދިހަ ދުވަހު ކުރެވޭނެ އެންމެ ރަނގަޅު އެއް އަޅުކަމަކީ ކުރެވިފައިވާ ފާފަތަކަށް ތައުބާވުން."
"އަހަރުގައި އަންނާނެ އެންމެ މަތިވެރި ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަސް ކަމަށްވުމުން އެދުވަސްތަކުގައި ވީހާ ގިނައިން ހެޔޮ ޢަމަލުތައްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ."
ގުޅުންހުރި ވީޑިއޯ: