ބައެއް މީހުން ހުކުރަށްދަނީ އެންމެފަހުންނެވެ. ޚުޠުބާ ނިމެން ކައިރިވެފައި ވަނިކޮށެވެ. އަދި އިމާމް މީހާ ނަމާދު ނިންމައި ސަލާމްދޭއިރަށް އެންމެ އަވަހަށް މިސްކިތުން ފެއިބޭތޯވެސް ބަލާނެއެވެ. އެއްވެސް ޙާލެއްގައި އެއީ ހުކުރަށް ދިއުމެއް ނޫނެވެ.
ހުކުރަށްދާން ތައްޔާރުވާންވީ ހުކުރުދުވަސް އައުމަކުން ނޫނެވެ. 2 ދުވަސް ނުވަތަ 1 ދުވަސް ކުރިއަށްލައި ހުކުރަށްދާން ތައްޔާރުވާންޖެހޭނެއެވެ. އެހައި ފަހުން އެދެވެނީ ކުރިއާލައި ތައްޔާރުނުވެވޭތީއެވެ.
މިއަހަރުގެ ޢަރަފާތު ދުވަސްވެސް މިދިމާވަނީ ހުކުރު ދުވަހަކަށެވެ. ކުރިއާލައި ހުކުރަށްދާން މިހާރުންސުރެ ތައްޔާރުވާށެވެ. އަދި އެކަން އާދައަކަށް ހަދަންވެސް ގަދައަޅައި މަސައްކަތްކުރާށެވެ. ހުކުރުގެ ފުރިހަމަ ޘަވާބު ލިބެން އޮތީ ކުރިއާލައި ހުކުރަށް ގޮސްގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން