ކިތަންމެ ފަޤީރު ޙާލުގަ އުޅެންޖެހުނަސް ލޯފަން މަންމަ ދޫކޮށްލާފަ ވަޒީފާއަކަށް ނުދާނެ ކަމަށްބުނި ފަޤީރު އަންހެން ކުއްޖަކަށް އަޚްލާޤް ރަނގަޅު ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ކިތަންމެ ފަޤީރު ޙާލުގަ އުޅެންޖެހުނަސް ލޯފަން މަންމަ ދޫކޮށްލާފަ ވަޒީފާއަކަށް ނުދާނެ ކަމަށްބުނި ފަޤީރު އަންހެން ކުއްޖަކަށް އަޚްލާޤް ރަނގަޅު ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އޭނާއަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އަދި ތަނަވަސްވެސް މީހެކެވެ. އެއް ދުވަހަކު ދަރިފުޅު އޭނާގެ ލޯފަން މަންމަ ގޮވައިގެން މަގުމަތީގައި ހިނގަމުންދަނިކޮށް ފެނިގެން އޭނާގެ ހިތުގައި އެދެމައިންގެ ފަޤީރުކަމާއި ނިކަމެތިކަން ވިސްނި ހަމްދަރުދީ އުފެދިގެން އޭނާގެ ގެއަށް އަނެއް ދުވަހު ދިއުމަށް ދައުވަތުދީ އެޑްރެސްކާޑުވެސް ދިނެވެ. އަދި އަނހެންކުއްޖާއަށް ވަޒީފާ ދޭނެ ކަމަށްވެސް ބުންޏެވެ. 

ދަޢުވަތު ޤަބޫލުނުކުރަން އަންހެންކުއްޖާ ވަރަށް ގިނަ ބަހަނާތައް ދެއްކިއެވެ. އޭނާއަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށާއި ކިތަންމެ ފަޤީރު ޙާލުގައި އުޅެންޖެހުނަސް މަންމަ ދޫކޮށްލާފައި ވަޒީފާއަށް ނުދެވޭނެ ކަމަށްވެސް ބުންޏެވެ. 

އޭނާ ބުނީ މަންމަ ގޮވައިގެން ދިއުމަށެވެ. ވަޒީފާ ދޭންވެގެން މިއުޅެނީ މަންމައަށް ހެޔޮކޮށް ހިތަން ކަމަށާއި ދެމައިން ގޭގައި ބައިތިއްބައި މަންމައަށް ވަރަށް ހެޔޮކޮށް ކަންތައްތައް ކޮށްދޭނެ ކަމަށްބުނުމުން އަނެއްދުވަހު ދެމައިން އެގެއަށް ދިއައެވެ. 

އޭނާގެ އަނބިމީހާއަކީ އަތުން އެއްވެސް ކަމެއް ނުކުރާ ވަރަށް ކަންނެތް އަންހެނެކެވެ. މީރުކޮށް ކައްކާކަށްވެސް ނުއެނގެއެވެ. އަންހެން ކުއްޖާއަކީ ވަރަށް ހީވާގި، ކައްކަން ދަންނަ އަންހެނެކެވެ. އެހެންވެ ކައްކާ އެއްޗެތީގެ މީރުވާހަކަ ދައްކަން ފެށުމުން އަނބިމީހާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. ހަސަދަވެރިކަން ބޮޑުވެ އިތުރުވަމުން ގޮސް ދެދުވަހަކު ގެއިންވެސް ނެރުނެވެ. ކޮންމެ ދުވަހަކުވެސް ފިރިމީހާއަށް ގެއަށް އާދެވި ގެއަށް ވައްދަނީއެވެ. 

އަނހެން މީހާގެ އަނިޔާވެރިކަން އެހައި ބޮޑުވުމުން އޭނާގެ ކިބައިން ރައްކައުތެރިކޮށްދެއްވެވުން އެދި މައިމީހާ އަބަދުވެސް ދުޢާކުރަމުންނެވެ. ކަލާނގެ ހެޔޮ ރަޙްމަތް ލައްވަވާނެ ކަމަށްބުނެ ކެތްތެރިވުމަށް މައިމީހާ އައީ ދަރިފުޅަށް ހިތްވަރުދެމުންނެވެ. 

އެއީ ޘަވާބު ހޯދަން އެހީތެރިވާ ލޯފަން އަންހެނެއް ކަމަށް ބުނެ އެގޮތަށް ކަންކަން ނުކުރަން ކޮންމެ ދުވަހަކުވެސް އަނބިމީހާއަށް ނަޞޭޙަތްތެރިވެއެވެ. 3 ވަނަދުވަހު ފިރިމީހާ އޭނާގެ މަންމަ ގޮވައިގެން ގެއަށް އާދެވުނުއިރު ވަރަށް އަނިޔާވެރި ގޮތަކަށް ކަންކަންކޮށްފައި ދެމައިން ގެއިން ބޭރުކޮށްލުމުން ފޮށި ހިފައިގެން ދަނީއެވެ. އެދުވަހު އެނބުރި ގެއަށްވަނީ ދެން ދުވަހަކުވެސް އެގޮތަށް ކަންކަން ވިއަ ނުދޭނެކަމަށް އޭނާގެ މަންމަ އެތައް ފަހަރަކުބުނެގެންނެވެ. 

އަންހެން ކުއްޖާ ބުންޏެވެ. "އަހަރެމެންނަކީ ވަރަށް ފަޤީރު ބައެކެވެ. އެހެނަސް ހިތެއް އޮވެއެވެ. އަދި އަހަރެމެން ދެމައިންނާއިހުރެ އެއްވެސް މީހެއްގެ ހިތްބުރަވާކަށްވެސް ބޭނުމެއް ނޫނެވެ." 

އެދުވަހު ގެއަށް ވަދެ އޭނާގެ އަންހެނުން ވަރިކޮށް ގެއިން ނެރެލިއެވެ. އެއީ ލޯފަން އަންހެނަކަށް ރަޙުމް ނުކޮށް އަނިޔާވެރިކަން ތަކުރާރުކުރާތީއެވެ. އަދި މަންމަގެ ޙާޒިރުގައި އަނހެނެން ކުއްޖާގެ ކައިވެންޏަށް އެދި އެތައްވަރަކަށް އާދޭސްކުރުމުން އަނހެންކުއްޖާ އެކަން ޤަބޫލުކުރިއެވެ. އެއީ އޭނާގެ ރިވެތި އަޚްލާޤަށްޓަކައެވެ. އޭނާގެ މަންމަ ދެކެ އެވަރަށް ލޯބިވާތީއެވެ. އެހިސާބުން ތަނަވަސް، އަޚްލާޤް ރަނގަޅު ފިރިއަކު ލިބުނީއެވެ. 

މިއީ އަޅުގަނޑުގެ އެކުވެރިއަކު، ރަނގަޅު ބައިވެރިއަކު ލިބުމަށް އެދޭނަމަ މައިމީހާއަށް ހެޔޮކޮށް ހިތަން ނަޞޭޙަތްތެރިވެ އަޅުގަނޑާއި ޙިއްޞާކުރި ވާހަކައެކެވެ. އަޅުގަނޑު ބޭނުންވަނީ މިވާހަކަ މިއަދުނޫސް މެދުވެރިކޮށް ވީހާ ގިނަބައަކަށް ފޯރުކުރުމެވެ. އެކުވެރިޔާ އަޅުގަނޑަށް ދިން ނަޞޭހަތާއިއެކުގައެވެ. މިއީ ވަރަށް ޢިބްރަތްތެރި ވާހަކައެއް ކަމަށް ދެކެމެވެ. 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން