މިދުވަސްތަކުގެ ފައިދާއިން މަޙްރޫމްކުރުވަން ޝައިޠޯނާ އަޅުވާފަތިބި މީހުންވެސް މާޔޫސްނުވެ ތައުބާވެ ހެޔޮޢަމަލުތައް ކުރަން އަވަހަށް ފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިދުވަސްތަކުގެ ފައިދާއިން މަޙްރޫމްކުރުވަން ޝައިޠޯނާ އަޅުވާފަތިބި މީހުންވެސް މާޔޫސްނުވެ ތައުބާވެ ހެޔޮޢަމަލުތައް ކުރަން އަވަހަށް ފަށާށެވެ!

ހިނގަމުން މިދަނީ އަހަރުގައި އަންނާނެ އެންމެ ބަރަކާތްތެރި، އެންމެ ބޮޑަށް ޙުރުމަތްތެރިވެގެންވާ 10 ދުވަހެވެ. މިދުވަސްތަކުގެ ބަރަކާތުން މަޙްރޫމްކުރުވުމުގެ ގޮތުން ޝައިޠޯނާ ކަސްތޮޅު އަޅުވާފައިވާ ގިނަ ބައަކުވެސް ތިބޭނެއެވެ. 

އެއީ މިސާލަކަށް ބުނާނަމަ ބަނގުރާ ބުއިމުގެ ސަބަބުންނާއި ފާލުބެލުން ފަދަ ކަންކަމުގެ ސަބަބުން 40 ދުވަސް ހަމަނުވާތީ އެމީހުންކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެކަން ޙަދީޘްފުޅުން އެނގެން އޮތް މީހުންނެވެ. އެމީހުން ތިބޭނީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ.  

އަހުރެންގެ ނަޞޭޙަތަކީ މާޔޫސްނުވާށެވެ. އަވަހަށް ތައުބާވާށެވެ. ނަމާދުވެސްކުރާށެވެ. ރޯދަތައްވެސް ހިފާށެވެ. ދުޢާވެސްކުރާށެވެ. ﷲ ތަޢާލާއީ އިޚްލާޞްތެރިކަމާއިއެކު ތައުބާވާ އަޅުންގެ ފާފަތައް ޢަފޫކޮށްދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. ތައުބާވެ ހެޔޮޢަމަލުތައް ކުރަން ފެށުމަކީ މުސްތަޤްބަލުގައި ތިބާއަށް ﷲ ތަޢާލާގެ ރަހްމަތްފުޅާއިއެކު އިތުރު ފާފައެއް ނުކޮށް ތަޤްވާވެރިކަމުގައި ދެމިހުރުމަށް މަގުފަހިވެގެންދާ ކަމަކަށްވެސްވެދާނެއެވެ. "40 ދުވަސްވަންދެން ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް އޮންނަ ބަސްފުޅުގެ މާނައަކީ ނަމާދުގެ ފަރުޟުކަން ކެނޑިގެންދިއުމެއް ނޫނެވެ. ނަމާދުކުރާށެވެ. އެއިރުން ނަމާދުކުރިކަން އޮންނާނެއެވެ. އުނިވާނީ އިތުރު ޘަވާބުތަކެވެ. އެހެނަސް ތައުބާވެ ދުޢާކުރުމުން އެކަންކަންވެސް މިންވަރުކުރައްވަވާނެ ކަމަށް އުންމީދުކުރާށެވެ. މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައަކީ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދުކަނޑައިލުމެވެ."

- މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު

 

 

 

 

މިއަދު އޮންލައިން